އިންޑިޔާއިން ދޭ ޑޯނިއާ މަތިންދާބޯޓު ދުއްވާ ބެލެހެއްޓުމުގެ މަސައްކަތް ދިވެހިންނަށް ކުރެވޭނެ: އަމީން

23 Jul 2020 | 21:54

އިންޑިޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޑޯނިއާ 228 މަތިންދާބޯޓު ދުއްވާ ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި ހުންނާނެކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މި މަތިންދާބޯޓު ދުއްވާ ބެލެހެއްޓުމަށް އިންޑިޔާގެ ސިފައިން އަންނަ ކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އަމީން ވިދާޅުވީ ގާބިލްކަން ކަށަވަރުވެފައި ތިބި މި ސަރަހައްދުގައި ތިބި އެންމެ ތަޖުރިބާހުރި ޑޯނިއާ 228ގެ ކެޕްޓަނުންނާއި އިންޖީނިއަރުންނާއި އެގްޒެމިނަރުން ތިބީ ދިވެހިރާއްޖޭގައި ކަމަށެވެ. އެހެންކަމުން އެ ބޯޓު ދުއްވާ ބެލެހެއްޓުމަށް ބޭރުގެ ސިފައިން ބޭނުންވަނީ ކީއްވެގެންތޯ އެބޭފުޅާ ސުވާލުކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ބޯޓު ގެނައުމުގެ އެއްބަސްވުމަކީ ކުރީގެ ސަރުކާރުން ގާއިމްކުރި އެއްބަސްވުމެކެވެ. ނަމަވެސް އިދިކޮޅުން ދަނީ މިކަން ދޮގުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement