Advertisement

ޕޯލިނާއި އާޒިމާ ޝަކޫރާއި ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވޭ: ވަކީލުން

24 Jul 2020 | 16:00

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ އަދި ނުވަތަ ރޭޕް ކުރަން އުޅުނު މައްސަލައިގައި އަނިޔާ ލިބުނު ކެންޔާއަށް ނިސްބަތްވާ އަންހެންމީހާކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯއާއި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އާޒިމާ ޝަކޫރާއި ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެކަމަށް ބުނެފިއެވެ.

މިފަދައިން ބުނެފައިވަނީ ޕޯލިންގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ނޫސް ބަޔާނުގައި ބުނީ 22 ޖުލައިވީ ދުވަހު މެންދުރު އޮންލައިނުން އާންމުކުރި ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ އަލްއުސްތާޛާ އާޒިމާ ޝަކޫރަކީ އެފަރާތުގެ މުވައްކިލު އެއްވެސް މިންވަރަކަށް ދަންނަ ފަރާތެއް ނޫންކަމަށެވެ. އަދި އެއްވެސް އިރެއްގައި ޕޯލިނާއި އާޒިމާ އާ ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

"އެހެންކަމުން، މެންދުރު އޮންލައިންގައި ޝާޢިއުކޮށްފައިވާ ނޫސް ބަޔާނުގައި އަޅުގަނޑުމެންގެ މުވައްކިލާ ހަވާލާދީ ޝާއިއުކޮށްފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތެއް ކަމުގައި ދަންނަވަމެވެ"، ޕޯލިންގެ ގާނޫނީ ވަކީލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ވަކީލުން ވަނީ ނޫސް ބަޔާން މެންދުރު އޮންލައިންގެ ވެބްސައިޓުން މިހިނދުން މިހިނދަށް ނެގުމަށް އަންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕޯލިނަށް ގާނޫނީ އެހީތެރިކަން ރިޒާ އެންޑް ކޯ އެލްއެލްޕީގެ ފަރާތުން ފޯރުކޮށްދެމުންދަނީ ހިލޭ ސާބަހަށެވެ. 

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް