ލޮނުޒިޔާރަތް ބަގީޗާ މި ހަފްތާގެ ތެރޭގައި އާންމުންނަށް ހުޅުވާލަނީ

25 Jul 2020 | 21:19

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ހަދަމުންދާ "ލޮނުޒިޔާރަތް ބަގީޗާ" މި ހަފްތާގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށް ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މި ޕާކްގެ ހުރިހާ ބޮޑެތި މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ދަވާދުލުމާއި ތަކެތި އެތުރުންފަދަ ކަންތައްތައް ކަމަށެވެ.

އެބޭފުޅާ ވަނީ މި މަސް ނިމުމުގެ ކުރިން އެ ޕާކް އާންމުންނަށް ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ.

ލޮނުޒިޔާރަތް ބަގީޗާ ތަރައްގީކުރަމުންދަނީ އެކި އުމުރުފުރާގެ ފަރާތްތަކަށް ގުޅޭނެފަދަ ގޮތަކަށެވެ. އެގޮތުން ޖޮގިންގ ލޭނަކާއި ބައިސްކަލް ދުއްވާނެ ލޭނެއް މި ޕާކްގައި ހުންނާނެއެވެ. އަދި ކުޑަކުދިން ގުޅޭނެ ޖާގައާއި، ޕޮންޑެއްގެ މަތިން ހުރަސްކޮށްފައި ދެވޭނެ ބްރިޖެއްވެސް ހުންނާނެއެވެ.

މީގެ އިތުރުން މި ޕާކްގައި ގިނަ އަދަދެއްގެ ބެންޗާއި ފާހަނާ ބަރިއެއްވެސް ހުންނާނެއެވެ.

Advertisement

ކޮމެންޓް