Advertisement

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ ފުރަތަމަ ވެރިފައިޑް ޓްވިޓަރ އެކައުންޓަަަކަށް ހައިކޯޓުގެ އެކައުންޓް ވެއްޖެ

25 Jul 2020 | 21:04

ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ އިދާރާތަކުގެ ތެރެއިން، އެންމެ ފުރަތަމަ އަދި ހަމަ އެކަނި ވެރިފައިޑް ޓްވިޓަރ އެކައުންޓެއް އޮތް އިދާރާއަކަށް ދިވެހިރާއްޖޭގެ ހައިކޯޓު ވެއްޖެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޓްވިޓަރ ވެރިފައިކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު ފާހަގަ ކުރެވިފައިވަނީ އަބަދުވެސް މީޑިއާއާ ރައްޓެހި، އަދި މީޑިއާތަކަށް ފަސޭހަ ކޯޓެއްގެ ގޮތުގައެވެ. ހައިކޯޓުގެ މީޑިއާ އޮފިސަރ އަމީން ފައިސަލް ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގައި އެންމެ ފުރަތަމަ ވެރިފައި ކުރެވުނު ޓްވިޓަރއަކަށް ހައިކޯޓުގެ ޓްވިޓާ ވެގެން ދިޔުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެކެވެ.

"ޝަރުޢީ ދާއިރާގެ ހުރިހާ އިދާރާއެއްގެ ތެރެއިންވެސް، ވެރިފައި ކުރެވިފައިވާ ޓްވިޓަރ އެކައުންޓެއް އޮތް އެންމެ ފުރަތަމަ އަދި ހަމަ އެކަނި، އިދާރާއަކަށް ދިވެހިރާއްޖޭގެ ހައިކޯޓު ވެގެންދިޔުމަކީ ހައިކޯޓުގެ މީޑިއާ އޮފިސަރުގެ ހައިސިއްޔަތުން އަޅުގަނޑަށް ނުހަނު ބޮޑު އުފަލެއް ލިބޭ ކަމެއް. މިއީ ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ލިބުނު ބޮޑު ޝަރަފެއް"

ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރައްވާތާ ދިހަވަރަކަށް އަހަރުވެފައިވާ އަމީންއަކީ، ފާހަގަކޮށްލެވޭ ގޮތުގައި މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެލައްވާފައިވާ، ތަޖުރިބާކާރު އަދި މީޑިޔާތަކާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރު ކުރައްވާ ނޫސްވެރިންވެސް ފާހަގަ ކުރައްވާ ގޮތުގައި ހައިކޯޓަކީ، މީޑިއާއާ އަބަދުވެސް އެންމެ ރައްޓެހި އަދި މައުލޫމާތު ހޯދުމާއި، ޝަރީއަތްތައް އަޑު އެހުމުގެ އިންތިޒާމްތައްވެސް އެންމެ ފަސޭހަ ކޯޓެވެ.

މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓަކީވެސް ޝަރުއީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ޑޭޓާ ބޭސްއެވެ. މައްސަލަތަކުގެ ހުކުމްތައް، އެ ހުކުމެއް ކުރާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހައިކޯޓުގެ ވެބްސައިޓް މެދުވެރިކޮށް އާއްމު ކުރެއެވެ.

Advertisement

ކޮމެންޓް