Advertisement

މީ ނާޤާބިލްސަރުކާރެއް، ރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަން މިވަނީ ނުރައްކަލަކަށް ހުށަހެޅިފައި: ޑރ މުނައްވަރު

27 Jul 2020 | 10:44

އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަކީ ނާޤާބިލް ސަރުކާރެއްކަމަށާއި، ރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަން މިވަނީ ނުރައްކަލަކަށް ހުށަހެޅިފައިކަމަށް ކުރީގެ ބަނޑާރަނައިބް އަދި ކުރީގެ އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިއަދު ކޮށްފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ހިތާމަވެރި މިނިވަން ދުވަހެއް ކަމަށާއި ރާއްޖޭގެ މިނިވަން ރައްޔިތުންގެ މުސްތަގިއްލު ހައްގުތައް މިވަނީ ނާގާބިލު ސަރުކާރެއްގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށެވެ.

މުނައްވަރު އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގުތަކާއި ގޮތް ނިންމުމުގެ މިނިވަންކަން ހޯދައިދިނުމަށްޓަކައި ރައްޔިތުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޑރ. މުނައްވަރު މިފަދައިން ޓުވީޓު ކުރައްވާފައިވާ އިރު ދިވެހި ސަރުކާރުން އިންޑިއާގެ އަސްކަރީ ބާރުވެރިކަން ރާއްޖޭގައި ގަދަކުރުމަށް ކުރާ މަސައްކަތައް ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އައްޑޫގައި އިންޑިއާއިން ޤައިމްކުރަމުން އަންނަ ފޮލިސް އެކަޑަމީއަކީ އިންޑިއާގެ ސިފައިން ގެ ބޭސްއެއްގޮތުގައި ހަރަކާތްތެރިވާން މަސައްކަތްކުރާ ތަނެއްކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. މިއާއެކު ދާދިފަހުން އިންޑިއާގެ އަސްކަރީ އިތުރު އުޅަނދެއް ރާއްޖެވަނީ ހަދިޔާކުރައްވާފައެވެ. އެއާއެކު ހަނިމާދޫ އެއާޕޯޓް އިންޑިއާއަށް ތަރައްޤީކުރުމަށް ނިންމާފައިވުމުން މިއީ ރާއްޖޭގައި ދެފަރާތުގައި އިންޑިއާގެ އަސްކަރީ ބޭސްޤާއިިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރޭވިގެން ކުރަމުން އަންނަކަމެއްކަމަށް އިދިކޮޅު ޕީޕީއެމް އިން ދަނީ ހާމަކުރަމުންނެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement