Advertisement

މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ބާއްވަވާ ރިސެޕްޝަން ވާޗުއަލްކޮށް!

26 Jul 2020 | 21:30

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބާއްވަވާ ޚާއްސަ ވަރޗުއަލް ރިސެޕްޝަނެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެގޮތުން މި ރިސެޕްޝަންގައި 100 އަށްވުރެ ގިނަ ޤައުމުތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ މިގޮތަށް ބޭރުގެ މިހާ ގިނަ އަދަދެއްގެ މަންދޫބުންނާއެކު ރާއްޖޭގެ ޚާރިޖިއްޔާއިން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ތެރެއިން ކޮވިޑް-19 ގެ ސަބަބުން ރާއްޖެ މިވަގުތު އޮތް ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ފަތުރުވެރިންގެ ރައްކާތެރިކަމަށް ރާއްޖެގައި އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ބޭރުގެ ސަފީރުންނާއި އެކި ޤައުމުތަކުގެ އޮފިޝަލުން ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

އަދި ހަމައެއާއެކު ރާއްޖޭގެ ޙާލަތާ ބެހޭ ގޮތުން ބޭރު ޤައުމުތަކުން ހޯދަން ބޭނުންވާ މައުލޫމާތު ހޯދުމަށްވެސް މި ބައްދަލުވުމުގައި މަގުފަހި ވެގެންދާނެއެވެ.

Advertisement

ކޮމެންޓް