Advertisement

ރަމަޟާން މަހުގެ ޑިސްކައުންޓް ދޭނަން: އެމްޑީ ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ --

ކަރަންޓު ބިލަށް، ރަމަޟާން މަހުގެ ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމައިފިއެވެ. 

މިއަދު ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ⁦‪ޑރ. މުޙައްމަދު މުޢިއްޒު‬⁩ ގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށެވެ.

އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކޮށް، ވީއެންމެ އަވަހަކަށް ފޮނުވިގެންދާނެ ކަމަށާއި، ސަރުކާރުގެ ހަރުދަނާ، ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ސްޓެލްކޯއިން ކޮށްދޭނެ ކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ. 

ރޯދަމަހުގެ ކަރަންޓު ބިލްތައް ބޮޑުވެ ވަރަށް ގިނަ ރައްޔިތުން ޝަކުވާ ކުރަމުންދަނިކޮށް، ރައީސް އޮފީހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭޕްރީލް މަހު ކަރަންޓު ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement