Advertisement

ފުނަދޫއިން ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދު ކޮށްފި

ޕޮލިސް ސްޓޭޝަނުން ތުހުމަތު ކުރެވޭ މީހާ ނެރެގެން މެޖިސްޓްރޭޓު ކޯޓަށް ގެންދިޔަ ގަޑީގައި އާންމުން ފުލުހުންގެ ވެހިކަލް ވަށާލަނީ- ފޮޓޯ/ ވަގުތު

ސިހުރު ހެދުމުގެ ތުހުމަތުގަައި ށ. ފުނަދޫއިން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި 60 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. 

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެމްދިޔުމުން އެ ރަށު މީހުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް ގޮސް އިހްތިޖާޖު ކޮށްފައިވެއެވެ. 

އެއަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދެވުނު ވަގުތުވެސް އާއްމުން ނުކުމެ ފުލުހުންގެ ވެހިކަލަށް އަރައި އެމީހާ ފުލުހުންގެ ހައްޔަރުން ނެރެ އާއްމުންގެ ބާރުގެ ދަށަސް ގެނައުމަށް މަސައްކަތް ކޮށްފައިވެއެވެ. އެފަދައިން ކަން ކުރަން މަސައްކަތް ކުރީ އޭނާ ގަން ހިންގުވަން ކަމަށް މައުލޫމާތު ލިބެއެވެ. 

އެހެން ނަމަވެސް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިގެން އާއްމުން އެތަނުން ދުރުކޮށްފައެވެ. 

އިންތިޚާބީ މެންބަރަށް ސިހުރު ހެދުމަށް ލޮއި ގައި އޭނާގެ ނަންޖެހުމަށްފަހު ގުރުއާންގެ އާޔަތްތައް ލިޔެފައި އެ ރަށުގެ ގަސްގަހަށް ޖަހާފައިވާއިރު ފަސް ގަހަކަށް އެފަދަ ތަކެތި ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް
ޢމހ
ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް. ސާބިތުވެއްޖެއްޔާ ޤަތުލުކޮށްލާ.
03 May 2024
ޢަބްދުލްމުހައިމިން
ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް. ސާބިތުވެއްޖެއްޔާ ޤަތުލުކޮށްލާ.
03 May 2024