Advertisement

ޔާޔާ ނަބީލްގެ މައްސަލަ އަނެއްކާވެސް ފުލުހުން ބަލަން ފަށައިފި

ފުލުހުންގެ މައި އިދާރާ— ފޮޓޯ/ ވޮއިސް

މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މީސް މީޑިއާގެ އަންހެން ހެދުން އަޅައިގެން ނިވާކަން ކުޑަ ވީޑިއޯ އާއްމު ކުރަމުންދާ މައްސަލައެއް އަނެއްކާވެސް ފުލުހުން ބަލަން ފަށައިފިއެވެ.

ޔާޔާ ނަބީލްގެ ޓިކްޓޮކް އެކައުންޓުގައި، އޭނާ ނިވައިކަން ކުޑަ އަންހެން ހެނދުން ލައިގެން ވީޑިއޯ ކުޅެ އަޕްލޯޑްކުރަމުންދާ މައްސަލަ އާއި ގުޅިގެން އާއްމުން ކަންބޮޑުވުންފާޅުކުރަމުންދާ މި ދަނޑިވަޅުގައި،  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޓިކްޓޮކް އެކައުންޓް އަޕްލޯޑްކޮށްފައިވާ ވީޑިއޯތަކާއި ގުޅިގެން ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލް އަދި ނުދެއްވައެވެ. 

މީސްމީޑިއާަގައި އަންހެން ފޭރާން އަޅައިގެން ނިވާކަންކުޑަ ކޮށް އުޅޭ މައްސަލާގައި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޔާޔާ ނަބީލް ބަންދުކުރެވުނެވެ.

އެގޮތުން އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައެވެ. އެފަހަރު ދައުލަތުން ޔާޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ޖަލަށް ލާންވެސް ހުކުމް ކުރެވުނެވެ. ހުކުމް ތަންފީޒުވެ ނިމުމުން އޭނާ ވަނީ މިނިވަން ވެފައެވެ. 

Advertisement

ކޮމެންޓް
ފަރީދު މޫސާ
ރިކަމުގައި ޤާޏޫނާއި ޚިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައެއް ނެތް. ބަޔަކު ހިތްހަމަ ނުޖެހުމަކީ އޭނާ ކުށްވެރިވާންޖެހޭ ކަމެއް ނޫން. ބުރުގާ ނާޅާ ވަޒީރުންގެ މައްސަލަވެސް ބަލަންޖެހޭނެ.
03 May 2024