Advertisement

ފުލެޓް ލިސްޓު ގަޑުބަޑުކުރި އަކުރަމަށްވެސް ދާއިރާއިން ބުނީ ނޫނެކޭ!

އަކްރަމް އާއި އަލީ ވަހީދު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފުލެޓް ލިސްޓް ގަޑުބަޑު ކުރުމުގެ ތުހުމަތު އޮތް ފުލެޓް ކޮމިޓީގެ ކުރީގެ ޗެއަރ އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ދާއިރާއިން ނޫނެކޭ ބުނެފިއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަކްރަމް ވާދަކުރީ މައްޗަން ގޮޅީ މެދު ދާއިރާ އަށެވެ. އެ ދާއިރާއިން އޭނާއަށް ލިބުފައިވަނީ ވޯޓުލީ މީހުންގެ 31 އިންސައްތައެވެ. އެ ގޮނޑި ކާމިޔާބު ކުރީ ސަރުކާރުގެ ތާއިދާއެކު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ޒަމީރެވެ. ޒަމީރަށް 50 އިންސައްތަ ވޯޓް ލިބިފައިވެއެވެ. 

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރިއެވެ. 

އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 71 ގޮނޑި ލިބި ސުޕަމެޖޯރިޓީ ލިބިފައިވާއިރު، ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ. އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ. 

Advertisement

ކޮމެންޓް
ގެދޮރުވެރިޔާ
އަކްރަމް ނުހޮވުނީ ހަމަ ބޮޑުވެގެން ވާ ނަސީބެއް. އިންސާނުންނާ ޖަނަވާރުންގެ ވާ މައިގަނޑު ތަފާތަކީ އިންސާނުންގައިގަ ނަގުލަކާ ދަޅަކާ ނެތުމެއް ނޫން. އެއީ ބުއްދި.
22 Apr 2024

Advertisement