މުހައްމަދު ނަބީލް (ޔާޔާ ނަބީލް)
މުހައްމަދު ނަބީލް (ޔާޔާ ނަބީލް)
ހަބަރު 27 Aug 2022 | 16:27

ޔާޔާ ނަބީލް މީސްމީޑިއާގައި ބަރަހަނާވާއިރު ފުލުހުން ހަނު!

މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އަނެއްކާވެސް މީސްމީޑިއާގައި ބަރަހަނާވެ، އަންހެން ހެދުން ލައިގެން ވީޑިއޯތައް އާއްމު ކުރަންފަށައިފިއެވެ.

މީގެ ކުރިންވެސް މީސްމީޑިއާގައި ބަރަހަނާ ވީޑިއޯ އާއްމުކޮށް ބޭ އަދަބީ ފޮޓޯއާއި ވީޑިއޯ ލަމުންދާތީ ހައްޔަރު ކުރި ޔާޔާ ނަބީލް ބަންދުން ދޫކޮށްލިފަހުންވެސް އެފަދަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ އާއްމުކުރަމުންނެވެ.

އެގޮތުން އާއްމު ކުރަމުންދާތާ އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސް މިހާރު ވެފައިވާއިރު އޭނާއާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް ވެސް ފުލުހުން އެޅިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އާއްމުން ކަނބޮޑުވުން ފާޅުކުރަމުން އަންނައިރު, އޭނާގެ މި މައްސަލަ މިމަހު 10 ވަނަ ދުވަހު "ވޮއިސް" އިން ވެސް ވާނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެން ނަމަވެސް، އެމައްސަލާގައި ފުލުހުންގެ ބަހެއް މިހާތަނަށް ވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢު އެއްގައި ދީނާއި ޚިލާފް މިފަދަ ޢަމަލުތައް ފާޅުކަންބޮޑު ގޮތެއްގައި އޭނާ ކުރަމުންދާއިރު އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާއިރު، އޭނާ މީސްމީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް އާއްމު ކުރަމުންދާ އެކައުންޓް ތައްވެސް މިހާތަނަށް ބޮލޮކް ކޮށްފައެއްނުވެއެވެ.

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިންގެ ނުރުހުން އޭނާ އާއި ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައިވާއިރު، އެފަރާތްތަކުން އަންނަނީ އޭނާ އަލުން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

މީގެ ކުރިން ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާންމު ކުރި މައްސަލައެއްގައި ނަބީލް މިދިޔަ އަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު ހައްޔަރު ކުރިއެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ ބަންދުގައި މަހަކަށްވުރެ ގިނަ ދުވަސް ބެހެއްޓުމަށްފަހު އޮކްޓޯބަރު 12 ވަނަ ދުވަހުއެވެ. ޝަރުތުތަކަކާއެކު ނަބީލް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެފަހަރު ނިންމީ، އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
25 Oct 2026 ހަބަރު

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދުގެ ހާދިސާގައި ލިބުނު ގެއްލުންތައް އެ އޮތޯރިޓީން ދަނީ ވަޒަން ކުރަމުންނެވެ.

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
25 Oct 2026 ހަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.