ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި
ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
ޤަޠަރާއި ތުރުކީން އަސްކަރީ އެއްބާރުލުމުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި
ޝާނީގެ މި ވާހަކަ: ވިސްނާ ފިޔަވަޅު އަޅަން ޖެހޭ ކަމެއް
ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
އިސްތަންބޫލްގެ މި މިސްކިތުގެ ނަމުގެ މާނައަކީ ”އަހަރެން ކެއި ފަދަ“: ނަމުގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ވާހަކައެއް!
މީސްކޮޅެެއްގެ ނިންމުމުގެ ބަދަލުގައި ރަސްމާލެ މަޝްރޫއުއާމެދު އާންމު ވޯޓެއް ނަގަން އަލިމަނިކު ގޮވާލައްވައިފި
ހިޔާ އެޗް 8 ދާއިމީ ލިސްޓް
ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ވޮއިސް ރީލް
ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތުން ނިންމައިފި
ސަރުކާރުގައި ބައިވެރިވެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ ގުޅެން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.
ވާންވީ އިޙްތިރާމު އަދާކުރާ އަނެކާގެ ލެޔާ، މުދަލާ އަބުރު ރައްކާތެރި ކުރާ ބަޔަކަށް: ރައީސް ޑރ.މުއިއްޒު
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ އަސްލު ރޫޙަކީ އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމު ކުރުން ކަމަށެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާހްކޮށްފި
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފެއްޓެވުމުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް، އަދި މިހާރު ނެތެމުންދާ ރިވެތި އަޚްލާޤު އިޔާދަކުރުމެވެ.
ޤައުމަކަށް މޮޅާ ލާބަ ލިބޭނީ އެ ބައެއްގެ ކިބައިގައި އަށަގެންފައި ހުންނަ އަޚުލާގަށް ބަލައި: ވަޒީރު ހީނާ
ހީނާ ވިދާޅުވީ މި މަޝްރޫޢަކީ އަންނަން އޮތް ޖީލުތަކުގެ ދެމިއޮތުމަށާއި، އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު މިހާތަނަށް ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތްޕުޅުކަމަށެވެ. .
ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ
ބޭންކެއް ނޫނަސް ތިމާވެށީގެ މައްސަލަތަކަށް ޔޫއެންޑީޕީން ރާއްޖެއަށް އަބަދުވެސް އެހީތެރިކަންދޭނަން: އަދްނާން
ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުފަރާތްތަކާއެކު ޕެންޝަން އޮފީހުން މިއަދު ބެއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޔޫއެންޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދްނާން ޗީމާ ވިދާޅުވީ ޔޫއެންޑީޕީއަކީ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ނުވިނަމަވެސް، ތިމާވެށީގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، އައު އީޖާދީ މާލީ ވަސީލަތްތައް ހޯދައިދިނުމުގައި އެ އިދާރާ ދެމިއޮންނާނެ ކަމަށެވެ.
ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ
އެމެރިކާ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު ވީއައިއޭއަށް ޖައްސައިފި
ބެލް-ބޯއިންގް އެމް.ވީ-22ބީ އޮސްޕްރޭގެ މި ދެބޯޓަކީ، މައިގަނޑު ގޮތެއްގައި އެމެރިކާގެ މެރިން ކޯޕްސްއިން ހަމަލާތަކަށް އެހީތެރިވުމަށާއި، ސިފައިން އުފުލުމަށާއި، އަދި ހަނގުރާމައިގެ ލޮޖިސްޓިކްސްއަށް ބޭނުންކުރާ، މެދު ފަންތީގެ ލިފްޓު އުފުލާ ޓިލްޓްރޯޓަރ (ހެލިކޮޕްޓަރެއްގެ ސިފަ އެކުލެވިގެންވާ) ބޯޓެކެވެ.
ހޮރްމޫޒް ކަނޑުއޮޅީގައި މިހާތަނަށް 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި
މި ތަފާސްހިސާބުތައް ހިއްސާކޮށްފައިވަނީ، މެދުއިރުމައްޗާއި އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޚާލިދު ޚިޔާރީއެވެ. ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ، މި އަދަދުތަކަކީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރެކޯޑުކުރެވިފައިވާ މައުލޫމާތު ކަމަށެވެ.
ތާލިބާނުން ހަތިޔާރާއި ހަނގުރާމަވެރިން ފޮރުވުމަށް ސިއްރު ބިންގަރާސްތަކެއް ބިނާކުރަނީ
އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާއަތުން އެ ގައުމުގެ ގަންދަހާރުގައި ބިމުގެ އަޑީގެ ބިންގަރާސްތަކާއި، ހަތިޔާރު ރައްކާކުރާ ގުދަންތަކުގެ އިތުރުން ރައްކާތެރި މަރުކަޒުތަކެއް ބިނާކުރަމުންދާކަން ހާމަވެއްޖެއެވެ.
ގެލަރީ
އެންއެފް އަދި އެމްޑީޕީން ނުކުމެ ރަސްމާލެ މަޝްރޫއު ހުއްޓާލަން ގޮވާލުމަށް ބޭއްވި ރެލީގެ ތެރެއިން
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޝަރަފުގެ ހިނގާލުން
ހުޅުމާލޭގައި ހަވާ އެރުވުން
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ކުރިޔަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ހުޅުމާލޭގައި ބިނާކުރި އެކުންފުނީގެ އޮފީސް އިމާރާތް ހުޅުވުން
ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ
މާތް الله އިންސާނާއަށް ދެއްވާފައިވާ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ އެކަލާނގެއަށް ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
އިސްތަންބޫލްގެ މި މިސްކިތުގެ ނަމުގެ މާނައަކީ ”އަހަރެން ކެއި ފަދަ“: ނަމުގެ ފަހަތުގައި ވަނީ ޢިބްރަތްތެރި ވާހަކައެއް!
ތާރީޚީ އެތައް ހާދިސާތަކަކާއި ކަންތައްތަކެއް ފޮރުވިފައިވާ ތުރުކީވިލާތުގެ އިސްތަންބޫލްގެ ގޯޅިތަކުގެ ތެރެއިން ހިނގާލާފައި ދާއިރު ތުރުކީ ބަހުން ކިޔާ "ސަންކީ ޔެދިމް" (ށަނކި ޠެދިމ) ނަމަކަށް ކިޔާ މިސްކިތެއް ފެންނަން ހުންނާނެއެވެ. މިއީ ދުނިޔޭގައި ވެސް އެންމެ ތަފާތު ނަމެއް ދެވިފައިވާ މިސްކިތަކަށް ވާނެއެވެ. އެ މިސްކިތުގެ ނަމުގެ މާނައަކީ "އަހަރެން ކެއި ފަދަ" އެވެ.
ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން: ޚުތުބާ
ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.
ނެދަލޭންޑްސް އިން ތަފާތުބޮޑު ނަތީޖާއަކުން ގްރީސް ބަލިކޮށްފި
މި މެޗުގެ ތަރިއަކަށްވި ކުޅުންތެރިއަކީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ތިޖާނީ ރެއިންޑާސްއެވެ. އަލް-ގާދިސިއާއަށް ކުޅެމުންދާ ކުރީގެ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރެއިންޑާސް އޭނާގެ ތިން ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި 33 ވަނަ މިނެޓާ ދެމެދުގައެވެ.
މެކްސް ޑޯމަން ރެކޯޑް މުގުރާލިއިރު، އިނގިރޭސިން ބަލިވެއްޖެ
މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ބަޔާ ލެވަކޫސަންގެ ފޯވާޑް މޮރޭރާއެވެ. މިއީ 2021 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޒުވާން ޓީމު ވިދިވިދިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި
ޔުނައިޓެޑުން ވަނީ، މިކަން އެ ކްލަބުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކޯޗްގެ ޝަކުވާއަކީ ކޮއްތުގެ މައްސަލަ
ބުދަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވުމަށްފަހު ވާހަކަދައްކަމުން މޫސާ ބުނީ، މެހެމާންދާރީގެ އެހެން ކަންކަން ރަނގަޅު ނަމަވެސް ކާބޯތަކެތީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ: ޒިދާން
ޒިދާން ބުނީ ސަން ސީރޯގައި ކުޅެން ބޭނުންވި ނަމަވެސް، ފްރާންސްގެ މެނޭޖްމަންޓުން ނިންމާފައިވަނީ އޭނާގެ އަނިޔާ އިތުރަށް ގޯސްވެދާނެތީ އެ ފުރުސަތު ނުދިނުމަށެވެ
އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ
މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ
އެގޮތުން، ޔުނައިޓެޑުން އެންމެ ފަހަށް ކުޅުނު 15 މެޗުގެ ތެރެއިން މިހާތަނަށް އެންމެ 3 މެޗުން މޮޅުވެފައިވާއިރު، ކްލަބުގެ އިސްވެރިން އަންނަނީ ކެރިކްގެ ބަދަލުގައި ޓީމާ ހަވާލުވާން އެންމެ އެކެށީގެންވާ ކޯޗަކީ އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ ކަމަށް ނިންމައި އޭނާ ކޯޗުގެ މަގާމަށް އައްޔަނުކުރުމަށް ތައްޔާރުވަމުންނެވެ.
މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.
ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް
ރަޝިޔާއަށް ފައިސާ ފޮނުވުމަށާއި އެ ޤައުމުން ރާއްޖެއަށް ފައިސާ ފޮނުވުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުޢާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބަދަލުގެނައި ވާހަކަ ބީއެމްއެލުން ދޮގުކޮށްފި
ބެންކުގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
އޮކްޓޫބަރު މަހުގެ ފަހު 6 ދުވަހު 1،472 ކޮންޓެއިނަރު އެމްޕީއެލްއިން ކްލިއަރ ކޮށްފި
އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް އެމްޕީއެލްއިން ވަނީ 1،472 ކޮންޓެއިނަރު ކްލިއަރ ކޮށް، ކާގޯ އުފުލާ 486 އުޅަނދު ކްލިއަރ ކޮށްފައެވެ
ސީ-ޓު-އެއާ ކާގޯގެ ހިދުމަތުން އޮކްޓޫބަރު މަހު 88 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފި
މިކަން ހާމަކޮށްފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މިދިޔަ މަހުގެ ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ތަފާސްހިސާބުތަކުންނެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ގަރލްސް ޓު ކޯޑް ޕްރޮގްރާމް އޭދަފުށީގައި ފަށައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް، އޭއައި ހުނަރުތައް ހިމަނައިގެން ބ. އޭދަފުށީގައި ފަށައިފިއެވެ. މިއީ 15 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ހަތް ހަފުތާގެ ޕްރޮގްރާމެކެވެ.
އެމްއެމްއޭގެ ފަވަރަ ނިޒާމުގައި ބައިވެރިވުމަށް ފަހިޕޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
މިއީ މި ނިޒާމާ ގުޅުނު ބޭންކް ނޫން ދެވަނަ ފައިސާގެ ހިދުމަތްދޭ ފަރާތެވެ. މި އެއްބަސްވުމުގެ ދަށުން، ފަހިޕޭއަށް ފަވަރަ ނިޒާމުގެ ތެރެއިން ހިދުމަތް ދިނުމަށް މަގުފަހިވެގެންދާނެއެވެ.
ހުޅުމާލޭގައި ތަރައްޤީނުކުރެވި ދިގުލައިގެންދިޔަ ސިޓީހޮޓާ އެންމެފަހުން މިރޭ ހުޅުވަނީ
އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. އެސްޓީއޯއިން ހޮޓަލެއް ހަދަން ފެށީ އެކުންފުންޏަށް ދިމާވެފައިވާ ބޭރުފައިސާ ލިބުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ
ފަޔަށް ލުއި އަދި އަރާމު ”ހޭ ޑޫޑް“ ބްރޭންޑްގެ ބޫޓުތައް ބަނޫންއިން
ފަޔަށް ލުއި، އަރާމު އަދި އެހާމެ ސްޓައިލިޝް ބޫޓުތަކުގެ ތެރޭގައި މުޅި ދުނިޔޭގައިވެސް މިހާރު އެންމެ ވިދާލާ އެއް ނަމަކީ "ހޭ ޑޫޑް" އެވެ. ދުވަހުގެ ބުރަ މަސައްކަތުގައި އުޅޭއިރު ނުވަތަ ހަވީރުގެ ހިތްގައިމު ވަގުތުތަކުގައި ބޭރަށް ނިކުމެލާއިރުވެސް، ފަޔަށް އަރާމު މި ބްރޭންޑްގެ ބޫޓްތަކަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަޝްހޫރުވަމުން އަންނަ ބްރޭންޑެކެވެ.
ގްރީން ފައިނޭންސް: ޤައުމީ ތަރައްޤީއާއި އާންމު ދިރިއުޅުމުގެ މުސްތަޤުބަލު
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ ޤައުމުގެ އިޤްތިސާދުގެ މައިބަދައާއި ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ ހަމައެކަނި ތިމާވެއްޓަށް ހަނިވެފައެއް ނުވެއެވެ. އޭގެ ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންގެ ވިޔަފާރިތަކަށާއި، ވަޒީފާގެ ފުރުޞަތުތަކަށާއި، ލިބޭ އާމްދަނީގެ އިތުރުން ދިރިއުޅުމުގެ ޢާންމު ޚަރަދުތަކަށްވެސް ދަނީ ފޯރަމުންނެވެ.
އުންމީދު ހަޤީޤަތަކަށް: ޚިދުމަތުގައި ހުރެ އެއްކުރި ފައިސާއިން ފަރުޟު ޙައްޖު އަދާކުރެވޭނެ ގޮތް ވެއްޖެ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޕެންޝަން އޮފީސް އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން މި ގެނައި ހެޔޮ ބަދަލުތަކުން ދައްކުވައިދެނީ، މިއީ ހަމައެކަނި ޤަވާޢިދަކަށް ގެނައި އިޞްލާޙެއް ނޫން ކަމެވެ.
ގޫގުލް މީޓް ކޯލްތަކުގައި ބައިވެރިވެވޭ ގޮތަށް އެންތްރޮޕިކުން 'ކްލޯޑް މީޓިންގްސް' ތައާރަފުކޮށްފި
ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މި ހިދުމަތް އެންމެ ފުރަތަމަ ލިބިގެންދާނީ ގޫގުލް މީޓް ބޭނުންކުރާ ފަރާތްތަކަށެވެ
ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.
ހޫނު ގަދަ ދުވަސް ދުވަހަށް މިކަހަލަ ޑްރިންކެއް ސަޅިވާނެ؛ ތައްޔާރުކޮށްލަންވެސް އެހާ ފަސޭހަ
ގޭގައި ތައްޔާރުކޮށްލެވޭ ލެމަނޭޑަކީ އަބަދުވެސް މީހުންގެ މެދުގައި މަގުބޫލު، ކަރުހިއްކުން ފިލުވައިދޭ އަދި ތާޒާކަން ގެނެސްދޭ ބުއިމެކެވެ. ތާޒާ ލުނބޮލުގެ ހުތާއި، ހަކުރު އަދި ފެން ބޭނުންކޮށްގެން މި ބުއިން ނިކަން ފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ. މީގެ ހަކުރު ފަނި (ސިމްޕަލް ސިރަޕް) އަދި ލުނބޯ ހުތް ކުރިން ތައްޔާރުކޮށް ފްރިޖުގައި ބެހެއްޓޭނެތީ، މިއީ ޕާޓީތަކަށާއި އެކުވެރިންނާއެކު ބާއްވާ ބާބަކިއު ފަދަ ހަފުލާތަކަށް ނުހަނު ފައްކާ، ފަސޭހަ ބުއިމެކެވެ.
ކޮރެއަން ސްކިންކެއާގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔައީ ކީއްވެ؟
ކުރިން ކޮރެއާގައި އެކަނި މަގުބޫލުކަން އޮތް މި އުފެއްދުންތައް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، މިއީ ހަމައެކަނި ވަގުތީ ޓްރެންޑެއް ނޫނެވެ. މި އުފެއްދުންތަކަށް އޮތް ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދަނީ އެއިން ލިބޭ ހަގީގީ ނަތީޖާއާއި އޭގެ ފަހަތުގައިވާ ސިއްހީ ފައިދާތަކުގެ ސަބަބުންނެވެ.
ކުއްޖާގެ އުމުރާ އެންމެ ގުޅޭ ޕެޓްސް އަދި އޭގެ ސަބަބުން ލިބިދޭ ފައިދާތައް
ގޭތެރޭގައި ގެންގުޅޭ ޖަނަވާރު ނުވަތަ 'ޕެޓްސް' އަކީ ހަމައެކަނި ކުޅެލަން ގެންގުޅޭ އެއްޗެއް ނޫނެވެ؛ އެއީ ކުދިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އިތުރުން ދިރިއުޅުމުގެ އެތައް ފިލާވަޅެއް ދަސްކޮށްދޭ މުދައްރިސެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕެޓެއް ގެންގުޅުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް 2026 ވަނަ އަހަރު 'ފްރޮންޓިއަރސް އިން ސައިކޮލޮޖީ' ގައި ޝާއިއުކުރި ދިރާސާއަކުން ހާމަވާ ގޮތުގައި، ގޭގައި ދިރޭތަކެތި ގެންގުޅޭ ކުދިންގެ ކިބައިގައި ހާސްކަމާއި ކަންބޮޑުވުން ކުޑަވެ، އިޖުތިމާއީ އަދި ނަފްސާނީ ހަމަޖެހުން ވަރުގަދަވެގެންދެއެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.
ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.
މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.
މަދީނާ ޔުނިވާސިޓީގެ ހޮސްޓެލްގައި އުޅުނު ޖިންނިއެއްގެ ވާހަކަ
މާތް الله ސުބުޙާނަހޫ ވަތަޢާލާ މި ބިންމަތީގައި އިންސާނުންގެ އިތުރުން ޖިންނީންވެސް ވަނީ ޚަލްޤުކުރައްވާފައެވެ. ޖިންނީންނަކީ އުޅޭ އެއްޗެއްކަން ޤުަރުއާނާ ސުންނަތުންވެސް ސާބިތުވެއެވެ. އިންސާނުންގެ ތެރޭގައި ...
ވާހަކަ: ދައްތަގެ ފަހު ވަގުތުކޮޅު
އޭނާގެ ކޯތާފަތް ވަނީ ހިކި، ވަޅުޖެހިފައެވެ. އަދި ހަންގަނޑު ވަނީ ކަށިތަކާ ތަތްވެ ހިފެހެއްޓިފައެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އޭނާ ހެޔޮ ޢަމަލު ކުރުމަށް އޮތް ހުރަހަކަށް ނުވިއެވެ. އޭނާ ޤުރުއާން ކިޔަވަ...
ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!
އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއި...
ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް
ދުނިޔެވީ މަގާމުތަކުގެ ދަހިވެތި ކަމުގައި، ނުބައި، ހުތުރުވެގެންވާ ފާފަތަކަށް އަރައިގަންނަ މީހުން، ގަދީމީ ޒަމާނުއްސުރެ ދިރިއުޅެއެވެ. އާރާއި ބާރު ހޯދުމަށްޓަކައި އިންސާނީ ކަރާމާތަށް ބެލުމެއްނެތި، އަމިއްލަ ...
ވާހަކަ: ބަލި ފިރިމީހާގެ ކުރިމަތީ ފާހިޝް އަމަލުތައް ކުރަމުން އައި ދިވެހި އަންހެނެއްގެ ނިމުން އައިގޮތް!
މިއީ ޝެއިޚެއްގެ ދަރުހެއްގެ ތެރެއިން ކިޔައިދިން ވަރަށް އާދަޔާ ޚިލާފް އެހެން ނަމަވެސް ޢިބުރަތުން ފުރިގެންވާ ހަގީގީ ވާހަކައެކެވެ. އެއީ މީލާދީ ސަނަތުން 90 ގެ ކުރީ އަހަރު ތަކުގެ ތެރެއިން އަހަރެކެވެ. އޭރު ޝ...
ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ
އަބޫ ހުރެއިރާ ރަޟިޔަالله ޢަންހު އަކީ ޔަމަނުގެ ގަބީލާއެއް ކަމަށްވާ އައްދައުސް އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 7 ވަނަ އަހަރު އައްޠުފައިލް ބުން ޢަމް...
ވާހަކަ: ފަގީރު ޞަހާބީއެއް ކުރެއްވި ހޭދަ
ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ވަރަށް ފަގީރު ޞަހާބީއެއް ދިރިއުޅުއްވިއެވެ. އެ ޞަޙާބީ އަކީ އަދާކުރައްވާނެ ވަޒީފާއެއް ނެތް ބޭކަލެކެވެ. އަތުގައި އެއްވެސް މުދަލެއްވެސް ނެތެވެ. އެހެންނ...
ވާހަކަ: ހިމާރުގެ މަސްތެލިތައް އުކާލި ހިނދު
މިއީ ހިޖުރައިން ހަތްވަނަ އަހަރު ހިނގާފައިވާ ޙާދިސާއެކެވެ. ރަސޫލާ މުހައްމަދު ޞޢވ އަށް ކިޔަމަންވުމުގައި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންގެ ފަރާތުން ފެނިގެން ދިޔަ އާދަޔާޚިލާފު ކިޔަމަންތެރިކަމެއްގެ ވާހަކ...