16 Sep 2026
އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފުޅާކުރުމަށް ވޯލްޑް ބޭންކް އާއެކު ރައީސް މަޝްވަރާކުރައްވައިފި
މުލިއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖެއަށް ވޯލްޑް ބޭންކުން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ ސަރުކާރުން އިސްކަންދެއްވާ ތަރައްޤީގެ ދާއިރާތައް ކަމުގައިވާ ޑިޖިޓަލައިޒޭޝަނާއި ހަކަތައިގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވޯލްޑް ބޭންކާ އެކު އޮތް ގުޅުން ދެމެހެއްޓެވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.