ސްޓެލްކޯގެ އިންޖިނިއަރިން އަދި ޓެކްނީޝަނުންގެ ޓީމް... ފޮޓޯ: ސްޓެލްކޯ
ހަބަރު
23 Aug 2025 | 10:08
ހުޅުމާލެ އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދެވުނު މަސަައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ސްޓެލްކޯ ހުޅުމާލެ އިންޖީނުގެ ނިއްވާލައިގެން މިއަދު ހެނދުނު ކުރިއަށްގެންދިޔަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްޓެލްކޯއިން ރޭ ވަނީ ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ މިއަދު ހެނދުނު ނިއްވާލައިގެން މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ބުނެފައެވެ. އެގޮތުން މިއަދު ހެނދުނު 6 ކުން 10 އަކަށް އެކި ވަގުުތަކުގައި ކަރަންޓް ދާނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން މިއަދު ކުރިއަށްގެންދިޔަ މަސައްކަތްތަކާ ގުޅޭގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ،  ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށެވެ. ފަހްމީ ވިދާޅުވީ ކުރިން 10 ޖަހާއިރު މަސައްކަތް ނިންމާލެވޭނޭކަމަށް ލަފާކުރިނަމަވެސް ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ މަސައްކަތްތަކާއެކު ކަނޑައެޅިފައިވާ ގަޑިއަށްވުރެ ކުރިން މައްސަލަ ހައްލުކޮށް ނިންމާފައިވާކަމަށެވެ.

ފަހްމީ ވަނީ މިކަމުގައި މާލެ ސަރަހައްދުގެ ރައްޔިތުން ދިން އެއްބާރުލުން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ސްޓެލްކޯއިން ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއަދު ފެށި މަސައްކަތްތަކުގައި 21 ސަބްސްޓޭޝަނަކުން ކަރަންޓް ކެނޑުނު ނަމަވެސް މާގިނަ ވަގުތުތަކެއް ނުނަގައި ވަނީ ކަރަންޓް ކެނޑުނު ތަންތަނަށް ކަރަންޓް އަލުން ދީފައެވެ. ކަރަންޓް ކެނޑުނުނުނަމަވެސް ހޮސްޕިޓަލް ފަދަ ތަންތަނުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު، ސްޓެލްކޯއިން ދަނީ ޑިމާންޑާ އެއްވަރަށް ކަރަންޓްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.