ވެލޯސް ފައިވާން-
22 Sep 2026 | 07:24
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް

ގިނައިން ހިނގައި ގިނައިރު ކޮޅަށް ހުންނަ މީހުންނަށް ފައިގެ ރިހުމާއި އުނަގަނޑުގެ ތަދަކީ ވަރަށް ޢާންމު މައްސަލައެކެވެ. މި ރިހުންތައް ގިނަ ފަހަރު ފެށެނީ ހީވެސް ނުކުރާ ކަމަކުން ކަމަށްވެދާނެއެވެ. ބައެއް ފަރާތްތަކަށް އޮނަގަނޑުގެ ތަދުގެ ހައްލު ހޯދުމަށް ސަމާލުކަން ދޭންޖެހެނީ ފައިތިލައިގެ ޙާލަތަށެވެ. ހިނގާއިރު ކޮންމެ ފައެއްގައި ހަށިގަނޑުގެ ބަރުދަނުގެ ފަސް ގުނައާ ހަމައަށް ބާރު ކެނޑެއެވެ. ފައިތިލައިން އެ ބާރު ރަނގަޅަށް ނުހިފެހެއްޓޭނަމަ ފައިތިލައިން ފެށިގެން މައިބަދައާ ހަމައަށް މައްސަލަ ފެތުރިދާނެއެވެ.

އުނަގަނޑުގެ ތަދު ގިނަ ފަހަރަށް ގުޅިފައި އޮންނަނީ ފައިތިލައިގެ މައްސަލަތަކާއެވެ. ހިނގައި އުޅޭ ގޮތާއި ކޮޅަށް ހުންނަ ގޮތުގެ ސަބަބުން ހަށިގަނޑުގެ މުޅި ތިލަފަތް ގެއްލި އުނަގަނޑަށް ތަދު އިޙުސާސް ކުރެވެއެވެ. ފައިތިލައިން ރަނގަޅަށް ސަޕޯޓް ނުލިބޭނަމަ ފައިތިލައިން ފެށިގެން ކަކޫ އުނަގަނޑު އަދި މައިބަދައާ ހަމައަށް ގުޅިފައިވާ މޫވްމެންޓް ޗެއިން ބޭނުންވާ ގޮތަށް މަސައްކަތް ނުކުރެއެވެ. ފްރެމިންހެމް ފުޓް ސްޓަޑީގައި ގާތްގަނޑަކަށް 3,300 މީހުން 20 އަހަރު ދުވަހުގެ ތެރޭގައި ބެލިއިރު ފައިތިލަ ފުރަތުގައި ހުންނަ އަންހެނުންނަށް އުނަގަނޑު ރިއްސުމުގެ ފުރުޞަތު 50 އިންސައްތަ ބޮޑުކަން ހާމަވެފައިވެއެވެ.

މިފަދަ ރިހުންތަކަށް ލުޔެއް ހޯދުމަށް ފައިވާން ޚިޔާރުކުރުމުގައި ސަމާލުވުން ވަރަށް މުހިންމެވެ.

ވެލޯސް ފުޓްވެއާ އަކީ މިކަމަށް ޚާއްޞަ ޙައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި އުފެއްދި ބްރޭންޑެކެވެ. 2022 ވަނަ އަހަރުގެ ކުރީކޮޅު އުފެދުނު ވެލޯސް ފުޓްވެއާ ބިނާކޮށްފައިވަނީ ނައިކީ އެޑިޑާސް ކޮލަމްބިއާ ސްޕޯޓްސްވެއާ އަދި ކީން ފަދަ ބޮޑެތި ބްރޭންޑުތަކުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޓިމް ބާޓެލްސް ޑެމަން ބަޓްލާ އަދި ބްރެޑް ބިޝެލް މި ތިން ބޭފުޅުންނެވެ.

ވެލޯސް ފައިވާންތައް ތަފާތުވަނީ ކީއްވެ؟

ވެލޯސް ފައިވާންތައް ތަފާތުވާ މައިގަނޑު ސަބަބަކީ އެ ބްރޭންޑުގެ ޕެޓެންޓް ޕެންޑިން ޓްރައި މޯޝަން ޓެކްނޮލޮޖީ އެވެ. މި ޓެކްނޮލޮޖީ ބިނާވެފައިވަނީ ތިން އަސާސެއްގެ މައްޗަށެވެ. ފުރަތަމައީ ކުޝަނިންގ ނުވަތަ ލޮޅުން ހިފެހެއްޓުމެވެ. މީގައި ގިނަ ފަށަލައިގެ ސޯލެއް ބޭނުންކޮށް ހިނގާއިރު ކެނޑޭ ބާރު ހިފަހައްޓައި ހުޅުތަކަށް ކުރާ ޕްރެޝަރު ކުޑަކޮށްދެއެވެ.

ދެވަނަ ކަމަކީ ސަޕޯޓެވެ. އެއީ ފައިތިލައިގެ ޤުދުރަތީ ބައްޓަމާ އެއްގޮތަށް ފައިތިލައިގެ އާޗް ހިފަހައްޓައިދޭ ސަޕޯޓެވެ. ތިންވަނަ ކަމަކީ ފްލެކްސް އެންޑް ރިކަވަރީއެވެ. އެއީ ފައިތިލައިގެ ޙަރަކާތާ ގުޅިގެން ލެނބި ލޭ ދައުރުވުން ރަނގަޅުކޮށް އަވަހަށް ރިކަވަރީ ވުމަށް އެހީވެދޭ ފްލެކްސިބަލް ސޯލެކެވެ.

މި ސެންޑަލްތައް ބިނާކޮށްފައިވަނީ ޓްރައި މޯޝަން ޓެކްނޮލޮޖީގެ އިތުރުން ޚާއްޞަ ޓްރިޕަލް ޑެންސިޓީ ފޯމޯޝަން ފޯމިއުލާ ފޯމެއް ބޭނުންކޮށްގެންނެވެ. ފައިތިލަ ބިންމަތީ ޖެހޭ ކޮންމެ މަރުޙަލާއެއްގައި ބޭނުންވާ ސަޕޯޓް ލިބިދެއެވެ. އެއީ ފުންނާބު ޖެހުމާއި އާޗް ސަޕޯޓާއި އިނގިލިތައް އުފުލޭ ވަގުތުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ފިޔަވަޅެއްގައި ވެސް ފައިތިލައިގެ ޙަރަކާތް ފަސޭހައިން ބަދަލުވެ ވަރުބަލިކަން ކުޑަކޮށްދީ ހަށިގަނޑުގެ ބެލެންސް ރަނގަޅުކޮށް ޤުދުރަތީ ގޮތެއްގައި ހިނގުމަށް އެހީވެދެއެވެ.

ވެލޯސް ފައިވާނުގެ ފެންވަރާ މެދު އިތުބާރު އިތުރުކޮށްދޭ ކަމަކީ އެ ބްރޭންޑުގެ ހުރިހާ ސެންޑަލް ޕްރޮޑަކްޓަކަށް އެމެރިކަން ޕޮޑިއެޓްރިކް މެޑިކަލް އެސޯސިއޭޝަން (އޭޕީއެމްއޭ)ގެ ސީލް އޮފް އެކްސެޕްޓެންސް ލިބިފައިވުމެވެ. މި ސީލް ދެނީ ފައިތިލައިގެ ޞިއްޙަތު ކުރިއެރުވުމަށް އެހީވާ ކަމަށް ފާހަގަކުރެވޭ ޕްރޮޑަކްޓުތަކަށެވެ. ކޮންމެ ޕްރޮޑަކްޓެއް އޭޕީއެމްއޭގެ ޕޮޑިއެޓްރިސްޓުންގެ ގުރޫޕަކުން ރިވިއުކޮށް ޓެސްޓުކޮށް ފައިތިލައިގެ ޞިއްޙަތަށް ފައިދާހުރިކަން ކަށަވަރުކުރެއެވެ. ވެލޯސް އިން ޞިއްޙީ ތަޖުރިބާކާރުންނާއި ކުޅިވަރު ކުޅުންތެރިންގެ ލަފާ ހޯދައިގެން ޕްރޮޑަކްޓް ތައްޔާރުކޮށްފައިވެއެވެ. ޕޮޑިއެޓްރިސްޓެއް އަދި ފައިތިލަ އާއި ފައިގެ ކުޅަނދުރު ސާޖަން ޑރ. ޓިމޮތީ މައިނިއޯ ވެލޯސްގެ ފުރަތަމަ ޕްރޮޓޯޓައިޕްތައް ޓެސްޓުކޮށް ބޭސްވެރިކަމުގެ ޢިލްމާއި ކުޅިވަރުގެ ތަޖުރިބާގެ އަލީގައި ލަފާ ދެއްވާފައިވެއެވެ.

ވެލޯސް ފައިވާނުގައި ފުންނާބަށް ފުރިހަމަ ކުޝަން ލިބި ހަމަޖެހުން ގެނެސްދީ ފައިގެ ދޫ ތންތަނަށް ކެނޑޭ ބާރު ކުޑަކޮށް އާޗް ސަޕޯޓް ކޮށް ޕްރޮނޭޝަން ހުއްޓުވުމަށް އެހީވެދެއެވެ. ރަނގަޅު ފައިވާން ޚިޔާރުކުރުމަކީ ޕްލާންޓާ ފެޝީއައިޓިސް ހިމެނޭ ގޮތުން ފައިތިލައިގެ އެތައް މައްސަލައެއް ޙައްލުކުރުމަށް އެހީވާ ކަމެކެވެ. ވެލޯސް ސެންޑަލްތައް ޕްލާންޓާ ފެޝީއައިޓިސް ތަޙައްމަލުކުރާ ފަރާތްތަކަށް ޚާއްޞަ ގޮތެއްގައި ފައިދާހުރި ކަމަށް ބުނެއެވެ. ސަބަބަކީ ހީލް ކަޕް އާއި ރަނގަޅު އާޗް ސަޕޯޓް ހިމެނޭތީއެވެ.

ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. އަދި މާލޭ ހެންވޭރުގައިވެސް ބަނޫން ފިހާރައެއް ހުންނައިރު އެ ފިހާރައަށް ގުޅޭނެ ނަންބަރަކީ 7723041 އެވެ. 

ބަނޫން ފިހާރައިގެ އިންސްޓަގްރާމް ޕޭޖު: https://www.instagram.com/banoonskateshop?stkn=MWpwZ204eWtoZm01Mg==

ފައިތިލައިގެ ރިހުމާއި އުނަގަނޑުގެ ތަދު ތަޖުރިބާކުރާ ކޮންމެ ފަރާތަކުން ވެސް ހަނދާނުގައި ބެހެއްޓުން ރަނގަޅީ ރަނގަޅު ފައިވާނަކީ ޙައްލުގެ އެއް ބައި ކަމެވެ. ރިހުން ދެމިއޮންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ފައިތިލައަށް ރަނގަޅު ސަޕޯޓް ލިބިއްޖެނަމަ ހަށިގަނޑުގެ މުޅި ބެލެންސް ރަނގަޅުވެ ދުވާލުގެ ޙަރަކާތްތައް ފަސޭހަވެގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.