ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަކީ އިންސާނާގެ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ގެދޮރު އެޅުމަށާއި، ވިޔަފާރި ފުޅާކުރުމަށް ނުވަތަ އެހެނިހެން ބޭނުންތަކަށް ބޭންކުތަކުންނާއި މާލީ އިދާރާތަކުން ނަގާ ބޮޑެތި ފައިނޭންސިންގ ފެސިލިޓީތަކާއި ދަރަނިތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަމެވެ.
ނަމަވެސް، ވިސްނާލަންވީ މުހިންމު ނުކުތާއަކީ، ދަރަނި ނަގާފައިވާ މީހާ ކުއްލި ގޮތަކަށް މި ދުނިޔެ ދޫކޮށްފިނަމަ، އެ ދަރަނީގެ ބުރަ އުފުލަން ޖެހޭނީ ކާކުތޯއެވެ؟ ޔަގީނުންވެސް އެ ހިތާމަވެރި ހާލަތުގައި އެ ދަރަނި އަދާކުރުމުގެ ބުރަ އަންނާނީ އެމީހެއްގެ ލޯބިވާ އާއިލާއަށެވެ. އެފަދަ ހާލަތެއްގައި ރަހުނުކޮށްފައިވާ ގެދޮރު ނުވަތަ މުދާ ވިއްކާލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މިފަދަ ހިތްދަތި ހާލަތްތަކުން އާއިލާ ރައްކާތެރިކޮށްދީ، ހިތްހަމަޖެހުމާއި އަމާންކަން ހޯދައިދިނުމަށް އެލައިޑް ތަކާފުލް އިން ވަނީ "ޑެޓް ޕްރޮޓެކްޝަން ތަކާފުލް" ޕްލޭން ތައާރަފުކޮށްފައެވެ. މިއީ އިސްލާމީ ޝަރީޢާގެ ހަމަތަކުގެ މަތިން، ދަރަނި ނަގާ ފަރާތް ކުއްލި ހާދިސާއެއްގައި ނިޔާވެއްޖެ ހާލަތެއްގައި، ދައްކަންޖެހޭ ބާކީ ދަރަނި ޚަލާޞްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚާއްޞަ ޕްލޭނެކެވެ.
މި ޕްލޭންގެ ދަށުން، ތަކާފުލް ސެޓްފިކެޓް ނަންގަވާފައި ފަރާތް ހީވެސްނުކުރާފަދަ ކުއްލިހާދިސާއެއްގައި ނިޔާވެއްޖެނަމަ، ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ މިންވަރަށް ބާކީ ހުރިދަރަނި އެލައިޑް ތަކާފުލް މެދުވެރިކޮށް މާލީ އިދާރާއަށް (ބޭންކަށް) ދައްކައިޚަލާޞްކޮށްދޭނެއެވެ. މީގެ ސަބަބުން މަރުޙޫމުގެ އާއިލާއަށް ދަރަނީގެ އެއްވެސް ބުރައެއް އުފުލަން ނުޖެހި، ރަހުނު ސަލާމަތްވެގެންދާނެއެވެ.
ޕްލޭން ނެގުމަށް ކޮންޓްރިބިއުޝަން ދެއްކުމުން ދަރަނި ނަގާ ފަރާތަށް މި ޕްލޭންގައި ބައިވެރިވެވޭނެއެވެ.
ކޮންޓްރިބިއުޝަން: އެއްފަހަރާ ނުވަތަ ކަނޑައެޅޭ ވަކި މުއްދަތުތަކަކަށް ބަހާލައިގެން ދެއްކިދާނެއެވެ.
ކަވަރޭޖް އަދަދު ކުޑަވަމުން ދިޔުން: ކޮންމެ އަހަރަކުވެސް ދަރަނި އަނބުރާ ދައްކަމުންދާ ވަރަކަށް، މި ޕްލޭންގެ ކަވަރޭޖް އަދަދު ދާނީ ދަށްވަމުންނެވެ. އެއީ އެ ވަގުތަކު މާލީ އިދާރާއަށް ދައްކަން އޮންނަ ބާކީ ދަރަންޏާއި އެއްވަރުގެ އަދަދެކެވެ. ދަރަނީގެ މުއްދަތު ހަމަވާއިރު ކަވަރޭޖް އަދަދު ވާނީ 'ސުމަކަށެވެ.'
ހިތާމަވެރި ހާދިސާއެއް ދިމާވުން: މި ޕުލޭންގައި ބައިވެރިވި ފަރާތް ކުއްލި ގޮތަކަށް ނިޔާވެއްޖެ ހާލަތެއްގައި، ސެޓްފިކެޓުގައިވާ ގޮތުގެ މަތިން ބާކީ ދަރަނި އެލައިޑް ތަކާފުލްއިން ސީދާ މާލީ އިދާރާއަށް ދައްކައި ނިންމައިދޭނެއެވެ.
މިސާލެއް:
އުމުރުން 30 އަހަރުގެ މުޙައްމަދު، އޭނާގެ ގެ ރަހުނުކޮށް ބޭންކަކުން 300،000 ރުފިޔާގެއިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެއް ނެގިއެވެ. އަދި މި ދަރަނީގެ ރައްކާތެރިކަމަށްޓަކައި އެ އަދަދަށް އެލައިޑް ތަކާފުލްގެ "ޑެޓް ޕްރޮޓެކްޝަން" ޕްލޭނެއް ނެގިއެވެ. މުޙައްމަދު ގަވާއިދުން މަހުން މަހަށް ބޭންކަށް ދަރަނި އަދާކުރަމުން ދިޔައެވެ.
ނަމަވެސް، އުމުރުން 35 އަހަރުގައި ހިތާމަވެރި ހާދިސާއެއްގައި މުޙައްމަދު ނިޔާވިއެވެ. އެ ހާލަތުގައި، އޭރު ބޭންކަށް ދައްކަން އޮތް ބާކީ ދަރަނި އެލައިޑް ތަކާފުލް މެދުވެރިކޮށް ބޭންކަށް ދައްކައި އެއްކޮށް ޚަލާޞްކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން، ބޭންކުން ރަހުނު ދޫކޮށްލައި، އެ ގެދޮރު މުޙައްމަދުގެ އާއިލާއަށް ލިބި، އެއްވެސް ދަރަންޏެއްގެ ބުރައެއް އާއިލާއަށް އުފުލާކަށް ނުޖެހުނެވެ. ބޭނުންވާ ލިޔެކިޔުންތައް
ދަރަނި ނަގާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ބޭންކް ނުވަތަ މާލީ އިދާރާއިން ދޫކޮށްފައިވާ ސެންކްޝަން ލެޓަރ (ފެސިލިޓީ އެޕްރޫވަލް ލިޔުން)
ކޮންޓްރިބިއުޝަންގެ ފުރިހަމަ ފައިސާ
މެޑިކަލް ރިޕޯޓް (ހަމައެކަނި ބޭނުންވާ ހާލަތްތަކުގައި)
މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް އާއިލާގެ މުސްތަގުބަލު އަމާންކޮށް، ދަރަނީގެ ނުރައްކަލުން އާއިލާ ސަލާމަތްކުރުމަކީ މިއަދު އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ. އެލައިޑް ތަކާފުލްގެ "ޑެޓް ޕްރޮޓެކްޝަން" ޕްލޭނަކީ ކޮންމެ ދަރަނިވެރިއަކަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
އިތުރު މައުލޫމާތު ހޯދުމަށާއި މި ޕްލޭންގައި ނެގުމަށް މިއަދުވެސް އެލައިޑް ތަކާފުލްއަށް ގުޅާލާށެވެ.
ނޯޓް: ޑެޓް ޕްރޮޓަކްޝަން ތަކާފުލްއަކީ ހަމައެކަނި އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަގާފައިވާ ދަރަނިތައް ކަވަރުކޮށްދޭ ޕްލޭނެކެވެ.