ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން, ހުޅުމާލޭ ވީ ކޮޅު ބަންދުކުރުމަށް ބަހައްޓާފައި ހުރި ބެރިކޭޑް މަތިން އަރާ މައްސަލަ ބޮޑުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ ސިނަމާލެ ބްރިޖް ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުން މަނާކޮށްފައިވާކަމަށެވެ. ނަމަވެސް ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ހުޅުމާޅެ އަދި އެއާޕޯޓާ ވީކޮޅަށް ދާ މައްސަލަ ފާހަގަކުރެވޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މިކަމަކީ ހުއްދަކަމަކަށް ނުވާއިރު މިގޮތަށް ހިނގާފައި ދިއުމުގެ ތެރޭގައި ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ފާހަގަކުރުމަށް "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނޭކަމަށްވެސް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists