ދިވެހި ފުލުހުންގެ ހިދުމަތް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
ފުލުހުންގެ ތަރުޖަމާންގެ މަގާމަށް ޝިޔާމް، އަލުން އައްޔަނުކުރައްވައިފި
ޝިޔާމް ވަނީ ކުރީންވެސް އެ މަގާމު ފުރުއްވާފަ އެވެ. އޭނާއަކީ މީޑިއާއާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
04 Oct 2026
ހުޅުމާލެ ފޭސް އެކެއްގައި ނުރައްކާތެރި އެކްސިޑެންޓެއް
ސައިކަލުން ވެއްޓުނު މީހާއަށް ކޮންމެވެސް ވަރަކަށް އަނިޔާވިނަމަވެސް، ބަލާބެލުމުން ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ
04 Oct 2026
ބަނގުރާ ވިއްކި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ހިންގި އިންޑިއާ އަދި ލަންކާގެ ދެ މީހަކު ހައްޔަރުކޮށް، 1677 ފުޅި ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
04 Oct 2026
ރިލްވާން މަރުގެ މައްސަލާގައި އާއްމުކުރެވޭނެ މައުލޫމާތުތައް ދެނަގަތުމުގެ މަސައްކަތް ފަނައިފި
ރިލުވާންގެ މައްސަލައިގެ ރިޕޯޓު އާއިލާއާ ހިއްސާކުރުމުގެ ބާރު އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށް އޭޖީ އުޝާމް ވިދާޅުވެ، މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާ ނިންމައި ރައީސަށް ލަފާ އަރުއްވާނެ ކަމަށް ވިދާޅުވިއެވެ.