އަހާ ފޯރަމްގައި އުޝާމް ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 Oct 2026 | 08:18
ރިލްވާން މަރުގެ މައްސަލާގައި އާއްމުކުރެވޭނެ މައުލޫމާތުތައް ދެނަގަތުމުގެ މަސައްކަތް ފަށައިފިން: ބަންޑާރަ ނައިބު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިލުވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓު އާއިލާއާ ހިއްސާކުރުމާ މެދު ގޮތެއް ކަނޑައެޅުއްވުމުގެ ބާރު އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުގައި ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ބޭއްވި އަހާ ފޯރަމުގައި ރިލުވާންގެ ދައްތަ ފާޠިމަތު ޝެހެނާޒް ފޯނުން ގުޅައި، ރައީސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޕޯޓު އޭޖީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ހަތަރު މަސް ކުރިން ބައްދަލުވުމަކަށް އެދުނު ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޝެހެނާޒް ބުންޏެވެ.

ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ކުރީ ސަރުކާރު ބަދަލުވިއިރު މަރު ކޮމިޝަނުގެ މަސައްކަތް ނުނިމި އޮތް ކަމަށެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ނިންމުމަށް އިރުޝާދު ދެއްވި ކަމަށާއި 2024 ވަނަ އަހަރުގެ މެދާ ހަމައަށް ކޮމިޝަނުގެ މުއްދަތު އިތުރުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަން އުވުނުއިރު ބައެއް ރިޕޯޓުތައް ނިންމާފައި ހުރި ކަމަށާއި ރައީސް އޮފީހުން އެ ރިޕޯޓުތައް އޭޖީއާ ހަވާލުކޮށް އޭޖީ އޮފީހުގެ ޚާއްޞަ ޓީމަކުން މިހާރު ދިރާސާކުރަމުން ގެންދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ރިލުވާންގެ މައްސަލައިގައި ތަފާތު ވައްތަރުގެ "ދެތިން ރިޕޯޓެއް" ހިމެނޭ ކަމަށާއި ފުލުހުންގެ ސިއްރު މަޢުލޫމާތު ހިމެނޭ ރިޕޯޓުތައް ހުރުމުން ޢާންމުކުރެވޭނެ ރިޕޯޓުތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"ރައީސް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެ ރިޕޯޓު އާއިލާއާ ހަވާލުކުރުމާ ގުޅޭ ގޮތުން ގޮތެއް. އަޅުގަނޑުގެ ލަފާ ރައީސަށް އަރުވާނަން" އޭޖީ ވިދާޅުވިއެވެ.

ބައްދަލުވުމަކަށް އެދި ޖަވާބެއް ނުލިބި ލަސްވި މައްސަލައިގައި ޝެހެނާޒްގެ ކިބައިން އުޝާމް މަޢާފަށް އެދިވަޑައިގެން މި ހަފުތާގައި ރިލުވާންގެ އާއިލާއާ ބައްދަލުކުރައްވައި ތަފްޞީލުތައް ހިއްސާކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

އޭޖީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓުގެ ދިރާސާ ނިންމައި ރައީސަށް ލަފާ އަރުއްވާނެއެވެ.

ރިލުވާން ގެއްލުވާލި މައްސަލައިގައި 2022 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ތިން މީހަކު ހައްޔަރުކުރިއެވެ.

އެއީ އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ) އާއި އަޙުމަދު އިސްމާޢީލް (އަހަނދު) އާއި އަޙުމަދު މުޢާޒް (ގަޓު މުއާ) އެވެ.

އެ ތިން މީހުން ހައްޔަރުކުރީ ރިލުވާން ވަގަށް ނަގައި މަރައިލި ކަމުގެ ތުހުމަތުގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދު މަރައިލުމާ ގުޅޭ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައެވެ.

ނަމަވެސް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކޯޓުން ތިން މީހުން ވެސް ދޫކޮށްލީއެވެ.

އަހަނދު 2023 ވަނަ އަހަރުގެ ޖޫން 22 ގައި އިސޫ ޖުލައި 12 ގައި އަދި ގަޓު މުއާ ސެޕްޓެމްބަރު 19 ގައި ދޫކޮށްލީއެވެ.

ރިޔާސީ ކޮމިޝަނުން ޢާންމުކުރި ރިޕޯޓުގައިވާ ގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓު އަށެއްގެ ރޭ ރިލުވާން ދިރިއުޅުނު އެޕާޓުމަންޓު ކައިރިން ރަހީނުކޮށް ކާރަކަށް ލައިގެން ޑިންގީއެއް މެދުވެރިކޮށް ކަނޑުމަތީ އުޅަނދަކަށް އެރުވުމަށްފަހު އެ އުޅަނދުގައި ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.