ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު-
ހަބަރު
06 Oct 2026 | 11:33
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ, ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން، އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްޤުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތުން މި ބިލުގެ ދަށުން ޤާއިމުކުރާ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައިވާނީ، އަންނަނިވި މައިގަނޑު ކަންކަން ޙާޞިލުކުރުމަށް ކަމަށް ބުނެފައިވެއެވެ.

* ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން؛

* އިސްތިސްނާ ޙާލަތްތަކެއްގައި، ކުށް ސާބިތުވުމަކާ ނުލައި، ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތަޢާރުފުކުރުން؛

* ކުށް ކޮށްގެން ހޯދާ މުދަލުން މުޢާމަލާތުކުރުން ނުވަތަ ތަޞައްރުފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުން؛

* ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށް ކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި އެ މުދަލުން ތަޞައްރުފުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

* ބޭރު ޤައުމުތައް މެދުވެރިކޮށް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން؛

* ދިވެހިރާއްޖޭގައިވާ، ބޭރު ޤައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި، ދައުލަތަށް ނެގުމުގައި އެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުން.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ކުށްތަކުގެ ތެރޭގައި؛

- މަނީ ލޯންޑްރިން،

- ޓެރަރިޒަމްގެ ކުށްތައް،

- މީހުން މެރުން،

- މަސްތުވާތަކެތި ޓްރެފިކްކުރުން،

- މީހުން ޓްރެފިކްކުރުން،

- ޖިންސީ ގޯނާގެ ކުށްތައް،

- ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް،

- 500,000 ރުފިޔާއަށް ވުރެ މަތީގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތައް،

- 100,000 ރުފިޔާއަށް ވުރެ މަތީގެ ފޭރުމުގެ ކުށްތަކާ ގުޅިގެން ހޯދާ މުދާ

ބޭރު ޤައުމުތަކުގައި ހުރި މިފަދަ މުދާ ހިފެހެއްޓުމަށް ނުވަތަ ދައުލަތަށް ނެގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ބައިނަލްއަޤުވާމީ އެހީއަށް އެދެވޭނެ އިންތިޒާމު މި ބިލުގައި ވަނީ އެކުލަވާލާފައެވެ. އަދި ރާއްޖޭގައި ހުރި ބޭރުގެ ފަރާތްތަކުގެ މުދާ ހިފެހެއްޓުމުގައި އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލުތައް ވެސް ވަނީ ހިމަނާފައެވެ.

ކުށް ސާބިތުވުމަކާ ނުލައި މުދާ އަތުލެވޭނެ އިސްތިސްނާ ހާލަތްތަކެއް

މި ބިލުގައިވާ ގޮތުން ބައެއް ޙާލަތްތަކުގައި ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް މުދާ އަތުލެވޭނެއެވެ. އެފަދަ ޙަލަތްތަކަކީ؛

- ކުށުގެ ތުހުމަތުކުރެވޭ ފަރާތް މަރުވުން

- ތުހުމަތުވާ މީހާ ފިލައިގެން އުޅުން

- ތުހުމަތުވާ ފަރާތުގެ މައްޗަށް ދައުވާކުރެވޭނެ ތަނެއް ނެތުން.

މިފަދަ ހާލަތްތަކުގައި މަދަނީ މިންގަނޑުން އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން ސާބިތުކޮށްދެވޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލަށް ސިވިލް ރިސްޓްރެއިންޓް އަމުރެއްގެ ދަށުން އެ މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗަރ އަމުރެއްގެ ދަށުން ދައުލަތަށް ނެގުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.

މި ޤާނޫނު ހިނގާނީ ރާއްޖޭގައި ތިބި ދިވެހިންނާއި ބޭރު މީހުންނާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ އިތުރުން ރާއްޖޭގައި ހުރި އެންމެހައި މުދަލެއްގެ މައްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ