މުބާރާތުގައި ވާދަކުރާ، ޓީމް މޯލްޑިވްސް
ކުޅިވަރު
06 Oct 2026 | 08:23
ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ.

މި މުބާރާތާ ގުޅޭގޮތުން ފަސްޓް ގްލޯބަލްގެ ރާއްޖޭގެ ޕާޓްނަރު ކަމަށްވާ ވިމެން އިން ޓެކް މޯލްޑިވްސް އިން މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ދަރިވަރުންގެ ޓީމު މިހާރު ވަނީ ދެކުނު ކޮރެއާގެ އިންޗިއޮންއަށް ގޮސް މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.

މިއީ އޮލިމްޕިކްސްގެ އުސޫލުން ބާއްވާ ރޮބޮޓިކްސް މުބާރާތަކަށް ވާއިރު، މުބާރާތުގައި ކޮންމެ ޤައުމެއް ވެސް ތަމްސީލުކުރަނީ ސްކޫލް ކިޔަވާ ކުދިންގެ ޓީމަކުންނެވެ. މި މުބާރާތުގައި ވާދަކުރަނީ ޓީމް މޯލްޑިވްސްގެ ނަމުގައެވެ. ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުން ވެސް ރޮބޮޓެއް ޑިޒައިންކޮށް ޕްރޮގްރާމް ކުރަނީ އެއް މިންގަނޑެއްގެ ސާމާނު (ސްޓޭންޑަޑް ކިޓެއް) ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން މެޗުތަކުގައި އެކި ޤައުމުތަކުގެ ޓީމުތައް އެލަޔަންސްތަކެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް، ރޮބޮޓްތައް ބޭނުންކޮށްގެން ތަފާތު ޓާސްކުތައް ފުރިހަމަކޮށްގެން ޕޮއިންޓް ހޯދާނެއެވެ. މި މުބާރާތުގެ ކާމިޔާބީ ބިނާވެފައިވަނީ އިންޖިނިއަރިންގ އާއި، ސްޓްރެޓެޖީ އަދި ގުޅިގެން މަސައްކަތްކުރުމުގެ (ޓީމްވޯކް) ހުނަރުގެ މައްޗަށެވެ.

މުބާރާތުގައި ވާދަކުރާ، ޓީމް މޯލްޑިވްސް

ދުނިޔޭގެ 190 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ މި ބޮޑު މުބާރާތް ކުރިއަށްދާނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ. ފަސްޓް ގްލޯބަލް އިން ދޭ ޓްރެވަލް ސަޕޯޓާއި ފަހިކޮށްދޭ އެކި ފުރުސަތުތަކުގެ ސަބަބުން، ދިވެހި ޒުވާނުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނާ އެކު ވާދަކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އައު ކަންކަން ދަސްކުރުމުގެ އަގުހުރި ފުރުޞަތުތައް މިއަދު ތަނަވަސްވެފައިވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މުބާރާތުގައި ވާދަކުރާ، ޓީމް މޯލްޑިވްސް

މިފަހަރުގެ ތަމްރީނު ދެނީ ރޮބޮޓިކްސް އަދި ޓެކްނޮލޮޖީ ތަޢުލީމުގެ ޒަރީޢާއިން ޒުވާން ދަރިވަރުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ، ސްޓެމް ސެޓިފައިޑް މަރުކަޒެއް ކަމަށްވާ ފޯލޫޕް ކޯޑިންގ އެކެޑަމީންނެވެ. ޓީމުގެ ދިހަ މެންބަރުންނަކީ ރާއްޖޭގެ އެކި އަމިއްލަ އަދި ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކަމުގައި ވިޔަސް، ހުރިހާ މެންބަރުންނަށް ވެސް ފޯލޫޕް ކޯޑިންގ އެކެޑަމީން ހާއްސަ ޓެކްނިކަލް ތަމްރީނުތަކެއް އަންނަނީ ދެމުންނެވެ. 

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމް މޯލްޑިވްސްއަށް ލީޑް ޕާޓްނަރުގެ ގޮތުގައި އެހީތެރިކަންދީފައިވަނީ އެމް.ޑަބްލިއު.އެސް.ސީ އެވެ. މީގެ އިތުރުން އިނޭބްލިންގ ޕާޓްނަރުންގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އަދި އެލައިޑް އިންޝުއަރަންސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.