ރައްޔިތުންގެ މަޖިލިސް
01 Oct 2026
މަޖިލީހުގެ ތިންވަނަ ދައުރު ހޯމަ ދުވަހު ފަށަނީ
ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ ޖަލްސާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަނުކުރުމާއި އެންޓި-ކޮރަޕްޝަން މުޢާހަދާގެ މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
29 Sep 2026
މެންބަރު ފަލާހަށް ވިޔަފާރީގެ ނަފާގެ ގޮތުގައި މިދިޔަ އަހަރު 1.8 މިލިއަން ރުފިޔާ
ކުލީގެ ގޮތުގައި މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ތެރޭގައި ފަލާހު ވަނީ ބީއެމްއެލް އިން 15 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގާފައެވެ
29 Sep 2026
މަޖިލީހުގެ ތިން މެންބަރަކަށް ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެންމެ ފަހުން އާންމުކުރި މެންބަރުންގެ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، މަޖިލީހުގެ ތިން މެންބަރަކަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާގެ ގޮތުގައި ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
27 Aug 2026
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.