07 Jul 2026
ޕޭ ފްރޭމްވޯކް އޮތް ގޮތުން މާސްޓާސް އަށްވުރެ ޑިގްރީ ޓީޗަރުންގެ މުސާރަބޮޑުވޭ
އެމްޑީޕީގެ ވެރިކަމުގައި، ޓީޗަރުންގެ ޕޭ ފްރޭމްވޯކަށް ބަދަލުގެނެސް އެކުލަވާލާފައި އޮތް ގޮތުން، ޑިގްރީ ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރައަށްވުރެ މާސްޓާސް ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރަ ކުޑަވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.