މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
14 Jul 2026 | 11:22
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.  

ގުނަވަން ޓްރާންޕްލާންޓް ކުރާ ބިލު، މީގެ ކުރިންވެސް މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް ބިލުގައި ހިމެނޭ ބައެއް ކަންކަން އިސްލާހްކުރަން ރައީސް މުޢިއްޒު ވަނީ އެ ބިލު ތަސްދީނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތުން ބިލާމެދު ވިސްނެވުމަށްފަހު ބަންޑާރަ ނާއިބުގެ ލަފާއާއެކު ބިލު މަޖިލީހަށް ފޮނުއްވި ސަބަބު ހާމަކުރައްވައި ރައީސް މަޖިލީހަށް ފޮނުއްވި  ސިޓީގައި ރައީސް ވިދާޅުވީ، ބިލުގެ 7 ވަނަ މާއްދާގެ ށ ގައި ގުނަވަން ހަދިޔާ ކުރާ މީހާގެ ޝަރުތުތަކުގެ ތެރޭގައި، "ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުން" އަދި "ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން" އެ ދެ ޝަރުތު އުނިކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ސަރުކާރުން އެ ބިލު ހުށަހެޅިއިރު އެ ދެ ޝަރުތު ވާނީ ހިމަނާފައެވެ. އަދި އެ ޝަރުތު ހިމެނުއްވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ މިނިވަން ރުހުމެއްގެ ދަށުން ގުނަވަން ހަދިޔާކުރެވިދާނެ ބައެއް ކަމަށް ގަބޫލުނުކުރެއްވޭތީ އެވެ. ނަމަވެސް، މަޖިލީހުން ބިލު ފާސްކުރިއިރު އެ ދެ ޝަރުތު ވަނީ އުނިކޮށްފައެވެ. 

ރައީސްގެ ސިޓީގައި އިތުރަށް ވިދާޅުވީ، ”ބަންދެއްގައި ތިބޭ މީހުންނަކީ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ހަނިވެ، ވަކި ޚާއްސަ ޙާލަތެއްގައި ތިބޭ ބަޔަކަށް ވާއިރު، އެމީހުންނަކީ ފުރިހަމަ ރުހުމާއެކު، އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަން ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބަޔަކަށް ބެލެވިދާނެ ކަމަށް ނުފެންނަ“ ކަމަށެވެ.

އަދި އެއްވެސް މަޖުބޫރުކަމެއް ނެތި ރުހުމުގައި ގުނަވަން ހަދިޔާކުރުން ކަށަވަރުކުރުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައިވެސް ބަލައިގަންނަ ބައިނަލްއަގުވާމީ މިންގަނޑެއްކަމަށާ، ބަންދުގައި ތިބޭ މީހުން ގުނަވަން ހަދިޔާ ކުރެވޭ ގައުމުތަކުގައިވެސް އެކަން ކުރަނީ ވަރަށް ގިނަ ކަންކަން ފުރިހަމަވޭތޯ ބަލައި ކަށަވަރުކުރުމަށްފަހުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކަންމިހެން ހުރުމުން، ބަންދުގައި ތިބޭ މީހުން ގުނަވަން ހަދިޔާ ކުރުމާގުޅޭ އިތުރު ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެއް ނެތް ގޮތަށް އެމީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މާއްދާގެ އިތުރުންވެސް އިތުރު ދެ މާއްދާއަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާނެ ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރު އަސްމާ ވަނީ، އެ ބިލުން އޭރު އުނި ކުރިބައި އިތުރުކޮށް، އަދި އަނެއް ދެ މާއްދާއަށްވެސް ބަދަލު ގެންނަވާފައިވާކަން ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.