ސަގަރމަންތަން, ދަ ގްރޭޓް އޯޝަންސް ޑައިލޮގްގެ 3 ވަނަ އެޑިޝަންގައި ބައިވެރިވެވައިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފި އެވެ.
ފައްޔާޒް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްގިރުމާއި އުދައެރުންފަދަ ހާދިސާތައް ފާހަގަ ކުރެއްވި އެވެ. އެކަމުން ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ އެކަންކަމުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަދި ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރާއި އެކަމުގެ ނާޒުކުކަން ހާމަ ކުރެއްވުމުގެ ގޮތުންނެވެ.
ބްލޫ ޖަސްޓިސް: ރީއިމަޖިނިން އިކުއިޓީ އިން އޯޝަން ފިއުޗާސް" ޕެނަލް
އަދި ވިދާޅުވީ އެކަންކަމަށް ދުނިޔޭގެ ފެންވަރުގައި ވަކާލާތު ކުރެވޭ މިންވަރު އިތުރުވާން ޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ފާހަގަ ކުރައްވާ އެފަދަ ލީޑަރުން އިތުރުވާން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން "ބްލޫ ޖަސްޓިސް: ރީއިމަޖިނިން އިކުއިޓީ އިން އޯޝަން ފިއުޗާސް" ޕެނަލް ގައިވެސް ފައްޔާޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists