އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ސައުތު" ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުދަނާކުރުންވެސް މި ދަތުރުގެ ތެރޭގައި ހިމެނެއެވެ.
މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ޑރ. ޖައިޝަންކަރު ވަނީ ގާނާއަށް ޒިޔާރަތްކުރައްވާ، އެގައުމުގެ ހާރިޖީ ވަޒީރާއި އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ގާނާއަށްފަހު، އެމަނިކުފާނު އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބާބާގައި، އެ ސަރަހައްދުގައި ތިއްބަވާ އިންޑިއާގެ ސަފީރުންގެ ހާއްސަ ބައްދަލުވުމެއްގެ ރިޔާސަތުވެސް ޑރ. ޖައިޝަންކަރު ބަލަހައްޓަވާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists