ދައުވާ އުފުލި މީހުން --
ހަބަރު
08 Oct 2026 | 17:09
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީގައި އޮޕަރޭޓް ކުރަމުންދިޔަ އައިސް އެޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ދައުވާކޮށްފައިވާ މައްސަލާގައި ބައެއް ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އެގޮތުން ޢަބްދުالله ޢިމާދުގެ މައްޗަށް ވަނީ ޓަރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެފަ އެވެ. އޭނާގެ މައްޗަށް އައީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

ޢަލީ މުނީޒުގެ މައްޗަށްވެސް މި ދައުވާ ސާބިތުވެ 1 އަހަރާއި 9 މަހާއި 1 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. އަދި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށްވެސް ތިން އަހަރުގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އިމާދު އާއި މުނީޒު ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.

މީގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށްލުން ވަނީ ހުކުމްކޮށްފަ އެވެ.

ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ޢަބްދުالله ޢިމާދު އާއި އިބްރާހީމް ލޫތުގެ މައްޗަށް ސާބިތުވި އެވެ. އެހެން ކަމުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.

މި މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމއި ޓެރަރިޒަމްގެ އަމަލެއްކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމަވާފަ އެވެ. މައިގަނޑު ސަބަބަކީ މައްސަލާގައި ހުށަހެޅިފައިވާ މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ސާބިތުނުވާކަމަށް ނިންމާފައިވާ ދަޢުވާތައް އިސްތިއުނާފުކުރުމާމެދު، މައްސަލައިގެ ރިޕޯޓު ލިބުމުން އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.

ކޯޓްގެ މިއަދުގެ ނިންމުމާއެކު ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި މައްސަލާގައި ދަޢުވާލިބޭ އެންމެން ވަނީ ބަންދުން މިނިވަންވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.