އީ-ކޮމާސްގެ ދާއިރާ ފުޅާވަމުން ދިޔުމާ ގުޅިގެން ޑެލިވަރީ ނިޒާމަށް އަންނަ ބަދަލުތަކާ އެއްގޮތަށް، ބޮޑެތި ޕާރުސަލްތައް ބަލައި އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓް އޮފީހުގެ ތިރީ ފަންގިފިލާގައި ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފިއެވެ.
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
ޕިކް ޕޯސްޓް އޮފީސް ހުޚޅުވުން؛ ފޮޓޯ / ވޮއިސް
ޕޯސްޓް އޮފީހުގެ ހެޑް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަނަށް ކުރިމަތިވަމުން ދިޔަ ތޮއްޖެހުމާ ގުޅިގެން، އެ އިމާރާތުގެ ތިރީ ބައި ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް ބަދަލުކުރީ އީ-ކޮމާސް ފުޅާވުމާ އެކު މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަކުރުމަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ޕިކް ޕޯސްޓް އޮފީސް ހުޅުޅުވުން؛ ފޮޓޯ / ވޮއިސް
މި ބަދަލުގެ ސަބަބުން ބޮޑެތި ޕާރުސަލް ނަގަން އަންނަ ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް ޕޯސްޓުން ބުނެފައިވެއެވެ.
އެ އޮފީހުން ފާހަގަކުރި ގޮތުގައި މި ބަދަލަކީ މޯލްޑިވްސް ޕޯސްޓްގެ ޑެލިވަރީ ނިޒާމު ކުރިއެރުވައި ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ހާއްސަކޮށް ޑެލިވަރީ ނިޒާމު ޒަމާނީ ފެންވަރަށް ގެނެސް ފުޅާކުރުމުގެ ޕްލޭނަށް މި ބަދަލުން ކުރިއެރުން ލިބޭނެ ކަމަށް އެ އޮފީހުން ގަބޫލުކުރެއެވެ.
ޕިކް ޕޯސްޓް؛ ފޮޓޯ / ވޮއިސް
ޕޯސްޓް އޮފީހުގެ އޮޕަރޭޝަންތައް ތަރައްގީކުރުމަށް ހިންގާ މިފަދަ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން، ވިޔަފާރި ފެސިލިޓޭޓް ކުރުމުގައި މޯލްޑިވްސް ޕޯސްޓުން ކުޅޭ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ހަމައެހެންމެ، ކޮންމެ ހިދުމަތެއް ވެސް ރައްޔިތުންނާ ވީހާ ވެސް ގާތުން، ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް ޕޯސްޓް އޮފީހުން ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists