އަޙްމަދު އާހިލް ސަޢީދު
އިންޓަރން ލިޔުންތެރިއެއް
އަޙްމަދު އާހިލް ސަޢީދު
06 Jun 2026
އިސްރާއީލުން އެމެރިކާއަށް ޖާސޫސްކުރުމާއި ގުޅިގެން ޕެންޓަގަނުން ނުރައްކަލުގެ ދަރަޖަ މަތިކޮށްފި
މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، އިސްރާއީލުން އެމެރިކާގެ ސީނިއާ އޮފިޝަލުންނަށް އަމާޒުކޮށްގެން ސާވައިލަންސް ނުވަތަ ފާރަލުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ޕެންޓަގަނުން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޖާސޫސީ މުއާމަލާތްތަކާ މެދު އޮތް ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.
06 Jun 2026
ރިކެލްމޭގެ ޓްރާންސްފާ ވައުދުތައް ކްލޮޕް އަދި ހާލަންޑްގެ ފަރާތުން ދޮގުކޮށްފި
އެގޮތުން، ރިކެލްމޭ މިހެން ބުނެފައިވަނީ އޭނާ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. އަދި އޭނާ ވަނީ ހާލަންޑްގެ ނަން ޖެހި ރެއަލް މެޑްރިޑްގެ ޖޯޒީއެއް ވެސް ދައްކާލާފައެވެ.
16 May 2026
ލަކްނައު ޔުނިވަރސިޓީގެ ޕްރޮފެސަރަކު ދަރިވަރަކަށް ފުރައްސާރަކުރި މައްސަލައެއްގައި ހައްޔަރުކޮށްފި
މި މައްސަލާގައި ޕްރޮފެސަރު ދަރިވަރަށް ގުޅައި ދެއްކި ވާހަކަތަކުގެ އޯޑިއޯ ރެކޯޑިންތަކެއް ވަނީ އާންމުވެފައެވެ. މީގެ އިތުރުން މި މައްސަލަ ފެންމަތިވެފައިވަނީ، އިންޑިއާގެ ނީޓް އިމްތިހާނުގެ ކަރުދާސް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.
07 May 2026
ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް؛ މިއަދު ކުލުނުވެހިން ހިލޭ ތެލެސީމިއާ ޓެސްޓް ކުރެވޭނެ
މި ހަރަކާތް ބާއްވަން ނިންމާފައިވަނީ މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 2:30 އާއި ހަމައަށް މ. ކުލުނުވެހި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.
07 May 2026
މެޕްސް ކޮލެޖުން ބޮޑު ތަފާތަކުން ފެކަލްޓީ އޮފް ހެލްތު ސައިންސް ބަލިކޮށްފި
މެޗުގެ ވަރަށް ކުރީކޮޅު މެޕްސް ކޮލެޖުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހިލްމީއެވެ. މި ލަނޑާއެކު މެޕްސް ކޮލެޖަށް މެޗުގެ އިތުރު އިތުބާރު ލިބިގެންދިޔައެވެ.
07 May 2026
ސީ.އެފް.އެސް އިން ވިލާ ކޮލެޖު ބަލިކޮށް މުހިންމު މޮޅެއް
މުޅި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގެ ބޮޑުބައިގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވި އޮތުމުން، މެޗު ނިމިގެންދާނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ކަމަށް ބެލެވުނެވެ.
07 May 2026
ތިން ހެޓްރިކާއެކު ޒިކުރާ ކޮލެޖަށް ލަނޑު ގޯންޏެއް
މެޗުގެ ފުރަތަމަ ލަނޑު، ކުޅުން ފެށި ފުރަތަމަ މިނެޓުގައި ޒިކުރާ ކޮލެޖަށް ކާމިޔާބުކޮށްދިނީ އަހުމަދު އައިޝަމް އިގްބާލެވެ. އޭގެ ފަހުން 11 ވަނަ މިނެޓުގައި ހަސަން ރަޝީދު ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 12 ވަނަ މިނެޓަކީ ޒިކުރާ ކޮލެޖަށް ވަރަށް ކާމިޔާބު މިނެޓެކެވެ. އެ މިނެޓުގެ ތެރޭގައި ފާރޫގު އިސްމާއިލް، ހަސަން ރަޝީދު އަދި މުހައްމަދު ޝާވިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
06 May 2026
އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
މި އެމްއޯޔޫގައި މިއަދު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.
06 May 2026
އަންނި އަށް އަމާޒުކޮށް ދިން ހަމަލާއަށް 5 އަހަރު؛ ލަކުނުތައް ދައްކާލައިފި
ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދިން ހަމަލާގައި ލިބުނު ލަކުނުތައް ފެންނަ ފޮޓޯ އެއް މިއަދު އެ ހަމަލާއަށް 5 އަހަރުވުމާއި ގުޅިގެން އެކްސްގައި ހިއްސާކުރައްވާފައެވެ.
06 May 2026
އިރާނުގެ ޚާރިޖީ ވަޒީރު ބެއިޖިންއަށް ވަޑައިގެންފި
މި ދަތުރުފުޅަކީ ހަނގުރާމަ ފެށުނު ފަހުން ދެ ގައުމުގެ ދެމެދުގައި ފޯނުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އީރާނުން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
06 May 2026
އިމިގްރޭޝަނަށް ފިލައިގެން އުޅޭ މީހަކު ހޯދަނީ
ފިލައިގެން އުޅޭ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެނީ ނައިޖީރިޔާ އަށް ނިސްބަތްވާ 32 އަހަރުގެ ކެލްވިން އޮޑީރާ އަލީ އެވެ. އަދި މީނާ ހޯދަން އިއުލާންކޮށްފައިވަނީ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
06 May 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝޕުގައި ބައިވެރިވުމަށް މި އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލަނީ
އެ އިދާރާއިން ބުނި ގޮތުގައި މިއީ ދިވެހިރާއްޖޭގައި އެފްއޭއެމް އިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެ އިދާރައިން ހާމަކުރި ގޮތުގައި، މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، މި މުބާރާތުގެ ސަބަބުން ކުޅުންތެރިންގެ ހުނަރުތައް ދައްކާލަން ފުރުސަތު ލިބި، ބައިނަލްއަގުވާމީ ގޮތުންވެސް ރާއްޖެ ތަމްސީލުކުރުމަށް ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެއެވެ.
06 May 2026
ރޭ ކުޅުނު މެޗުތަކުން އެމްއައިޓީއާއި އެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކޮށްފި
ރޭ ކުޅުނު މެޗުތަކުން އެމްއިޓީން އައިއެމްޔޫ އާއި ދެކޮޅަށް ކުޅުނު މެޗު އެމްއައިޓީން ވަނީ 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ފެކަލްޓީ އޮފް އާރޓްސް އާއި ދެކޮޅަށް ކުޅުނު މެޗުން އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ވަނީ 2-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
06 May 2026
ސްކޭމް ކޮށްގެން ބައި ލައްކަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި
ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
04 May 2026
ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސް މުއިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ މިނިސްޓަރ ވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އޮތް ޒަމާންވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި، ހިއްސާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
04 May 2026
މެންޗެސްޓަރ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި
އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތަށް ޔުނައިޓެޑް މިވަނީ އަލުން އެނބުރި އައިސްފައެވެ.
04 May 2026
911 ހިމެނޭހެން ފުލުހުންގެ ހޮޓްލައިންތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ
ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 ނަންބަރަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
03 May 2026
ބީއެމްއެލް ފަންޑް އެހީން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯއެއް
މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
03 May 2026
ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފި
މިއަހަރުގެ ހުޅަނގު މޫސުމާއި ބެހޭގޮތުން މެޓު އޮފީހުން ހިއްސާ ކުރި ޗާޓުތަކުން، އަންނަ މަހުން ފެށިގެން ސެޕްޓަމްބަރު މަހާއި ހަމައަށް ރާއްޖެއަށް އާދަޔާއި ހިލާފަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
03 May 2026
އެމްޓީސީސީގެ ޑީއެމްޑީ އަކަށް މުބީން އައްޔަނުކޮށްފި
މުބީން މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދު އެވެ. އަދި އެމްޓީސީސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ.
03 May 2026
އެމްޑީޕީން ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަމާއި ނަންބަރު އިއުލާންކޮށްފި
މި އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި އެ ޕާޓީން މައުލޫމާތު ދޭ ގޮތުގައި ޖުމްލަ 3 ކެނޑިޑޭޓަކު ވަނީ ވާދަކުރުމަށް ހުށަހަޅައި، ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމަށް ޝަރުތު ފުރިހަމަވެފައެވެ.
03 May 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / އޯކިޑުވިލާ ، ޖާދުﷲ އަޙްމަދު ޤާސިމް (51އ) އެވެ.
03 May 2026
ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ވެސް އާންމުންނަށް ހުޅުވަނީ
އެގޮތުން، މިހާރު ދާރުލްއާސާރު ހުޅުވައިފައި ހުންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ. ނަމަވެސް، އެތަނުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު ކޮންމެ ހޮނިހިރު ދުވަހަކުވެސް އެތަން ހުޅުވަން ނިންމަވައިފާވާ ކަމަށް މިނިސްޓަރ ހީނާ ވަނީ ވިދާޅުވެފައެވެ.
03 May 2026
ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި
މެޓު އޮފީހުން އެކްސްގައި ކުރި ޕޯސްޓަކުން ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 9:15 އިން މެންދުރު 3 އާއި ހަމައަށެވެ.
03 May 2026
މަނާ ތަކެތި މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
03 May 2026
އީރާނުން ބަސްނާހައިފިނަމަ ހަމަލާދިނުން އަލުން ފަށާނަން: ޓްރަމްޕް
ޓްރަމްޕް އިތުރަށް ފާހަގަކުރި ގޮތުގައި އީރާނާ ގުޅޭ ކަންކަމުގައި އެމެރިކާ އޮތީ ވަރަށް ކުރީގައެވެ. އެގޮތުން، އީރާނުގެ އިގްތިސާދާއި އެހެނިހެން ދާއިރާތައް "ފުނޑުފުނޑުވެފައިވާ" ކަމަށާއި، އެހެންކަމުން އެ ގައުމުން މިހާރު ބޭނުންވަނީ އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ކަމަށް ޓްރަމްޕް އިތުރަށް ފާހަގަކުރިއެވެ.
03 May 2026
ނޫސްވެރިކަމުގެ މިނިވަންކަން 2008 ގެ ކުރީގެ ހާލަތަށް ގޮސްފި: ފައްޔާޟު
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފައްޔާޞު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލާއި، "ކޮންޓްރޯލް ކޮމިޝަން" ގެ މަސައްކަތްތަކަކީ ސަރުކާރާ ދެކޮޅު ހިޔާލުތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިން ބިރުގަންނަވައި ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ވަސީލަތްތަކެކެވެ. އަދި ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލުކަމާ ދެކޮޅަށް ވާހަކަދައްކާ ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
03 May 2026
ރޭ ކުޅުނު މެޗްތަކުން އަހްމަދިއްޔާ އާއި އެމްބީއެސް އިން ކާމިޔާބުކޮށްފި
ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި މޯލްޑިވްސް ބިޒްނަސް ސްކޫލުން ކާމިޔާބުކޮށްފިއެވެ.
02 May 2026
ސްޕިރިޓް އެއާލައިންސްގެ ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލައި އުވާލަނީ
މި އެއާލައިން ހުއްޓާލަން މަޖުބޫރުވީ، ދަރަނި ރީސްޓްރަކްޗާ ކުރުމަށާއި، ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖު ނުލިބުމާ ގުޅިގެން
02 May 2026
ނޫސްތައް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއްނަގަނީ
އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ކުރީގަ ނޫހެއް ރެޖިސްޓްރީ ކުރަން ނުޖެހޭއިރު މިހާރު ނޫސް ރެޖިސްޓްރީކޮށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.