އަޙްމަދު އާހިލް ސަޢީދު
އިންޓަރން ލިޔުންތެރިއެއް
އަޙްމަދު އާހިލް ސަޢީދު
20 Mar 2026
ދިވެހި ފުލުހުންގެ 'ޢީދު ހަވީރު 1447' ގްރޭޓާރ މާލޭގެ 4 ސަރަހައްދެއްގައި ބާއްވަނީ
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މާލޭގެ އިސްލާމީ މަރުކަޒުގެ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގެ އިތުރުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ. މިއީ އާއިލާތަކަށް އަމާޒުކޮށްގެން، ޢީދުގެ އުފާވެރިކަން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.
20 Mar 2026
އެމެރިކާގެ އަސްކަރީ ބޯޓުތަކަކަށް ލަންކާއިން ހުއްދައެއް ނުދިން
ލަންކާ ސަރުކާރުން ބުނިގޮތުގައި، ޖިބޫޓީގައި އޮތް އެމެރިކާގެ ބޯޓުތަކަކަށް ލަންކާއަށް ޖެއްސުމުގެ ހުއްދައަށް އެދުނީ މި މަހުގެ 4 އަދި 8 ވަނަ ދުވަހުއެވެ. ނަމަވެސް، ޤައުމުގެ ސިޔާސަތުތަކަށް ބަލައި ލަންކާއިން ވަނީ އެ ދެ ފަހަރުވެސް އެމެރިކާގެ އެދުމަށް ނޫނެކޭ ބުނެފައެވެ.
20 Mar 2026
ފިތުރު ޒަކާތުގެ ގިޮތުގައި 15 މިލިއަން ރުފިޔާ
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 15 މިލިއަން ރުފިޔާގެ ތެރެއިން 500،000ރ. ޣައްޒާ އަށް ކާބޯތަކެތި ފޯރުކޮށްދޭން އިސްރާ އެސޯސިއޭޝަނާއި ރޭ ހަވާލުކޮށްފިއެވެ.
20 Mar 2026
އިންޑިއާގެ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް؛ އެމެރިކާ ޑޮލަރަކަށް 93 ރޫޕީސް
މި ބަދަލު އަންނަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގައި، ހާއްސަކޮށް އީރާނާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް އައި ލޮޅުމެވެ. ތެޔޮ އުފުލާ މައި މަގުތައް ބަންދުވެ، ސޫދު ތެލުގެ އަގު ފީފާއަކަށް 110 ޑޮލަރަށް ވުރެ މައްޗަށް އެރުމަކީ އިންޑިއާ ފަދަ ތެޔޮ އިމްޕޯޓްކުރާ ގައުމެއްގެ ފައިސާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
18 Mar 2026
ކަރަންޓު އުޅަނދުތަކުގެ ބޯޑު ބަދަލު ކުރަން 2 މަހުގެ މުއްދަތެއް؛ ދެން ހުންނާނީ ފެހި ކުލަ
އިއްޔެގެ ވަގުތެއްގައި ސަރުކާރުން އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދައް ގެނައި 7 ވަނަ އިޞްލާޙުގައި ވަނީ ކަރަންޓު އުޅަނދުތަކުގެ ނަމްބަރު ބޯޑު ފެހި ކުލައަށް ބަދަލު ކުރުމަށް އަންގަާ 2 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
18 Mar 2026
ގަލޮޅު ގުދަނެއްގައި ރޯވުން؛ ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދައް ނުދާން އެޗްޕީއޭއިން އެދިއްޖެ
އެޗް.ޕީ.އޭއިން ވަނީ އެކްސްގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބެހޭގޮތުން ޕޯސްޓެއް ކޮށްފައެވެ.
18 Mar 2026
އެމެރިކާގެ ރައީސް ޗައިނާއަށް ކުރަން ނިންމި ދަތުރު ފަސްކޮށްފި
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުން މަހެއްހާ ދުވަހަށް ނުވަތަ ފަސްވަރަކަށް ހަފުތާއަށް ފަސްކުރުމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.
18 Mar 2026
ބަޣުދާދު އެއާޕޯޓު ކައިރިން ޑްރޯންތަކެއް ވައްޓާލައިފި
އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް އިރާޤުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައިފި.
17 Mar 2026
ޗައިނާއިން މެދުއިރުމަތީގެ ހަތަރު ޤައުމަކަށް ކުއްލި އެހީ ފޮނުވަނީ
ޗައިނާގެ ހާރިޖީ ވުޒާރާގެ ސްޕޯކްސްޕާސަން ލިން ޖިއާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި އެހީގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
17 Mar 2026
ސްރީލަންކާއިން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުމަށް ދިމާވެދާނެ ދަތިތަކުން ރައްކާތެރިވުމުގެ ގޮތުން ސްރީލަންކާއިން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
17 Mar 2026
މެދުއިރުމަތީގެ ތެލުގެ ކާރިސާއާ ގުޅޭގޮތުން ސަރުކާރުގެ ހާމަކަން ކުޑަ: އެމްޑީޕީ
މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ފަތުރުވެރިކަމަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސް ޑރ.މުހަޢްމަދު މުޢިއްޒު އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރިފަރެންޑަމެއް ބާއްވައި ބާރު ހޯދުންކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
17 Mar 2026
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ މައްޗައް
މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއި އީރާނުގެ ތެޔޮ މަރުކަޒުތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން ތެލުގެ ސަޕްލައިއަށް ދަނީ ބުރޫއަރަމުންނެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 103 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
17 Mar 2026
ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހަދަނީ
ވަޒީރު އެކްސްގައި ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މި މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
17 Mar 2026
އީރާނުން އިނގިރޭސިވިލާތައް އިންޒާރުދީފި
އީރާނުން މި އިންޒާރު ދީފައިވަނީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިނގިރޭސިވިލާތް ހިމެނޭހެން ޤައުމުތަކުން ހޯރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
16 Mar 2026
ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަންތައް ފުރިއްޖެ
ސްރީލަންކާގެ ސަރުކާރުން ޑިޖިޓަލް ކިއު-އާރް ސިސްޓަމެއް ތައާރަފުކޮށް ޕެޓްރޯލްތަކަށް ވަނީ ކޯޓާ އެއް ކަނޑައަޅައިފައެވެ. އެގޮތުން، އިންޖީންތައްލީ އުޅަނދުތަކަށް ހަފްތާއަކު އެޅޭނީ 15 ލީޓަރުގެ ތެލެވެ. އަދި އިންޖީނުލީ ސައިކަލުތަކަށް އެޅޭނީ ހަފްތާއަކު 5 ލީޓަރު ތެލެވެ.
16 Mar 2026
އިންޑިއާގައި ކައިވެނި ހަފްލާއެއްގައި ކަރުގައި ރަސްގުއްލާ ތާށިވެގެން މީހަކު މަރުވެއްޖެ
ސިންގް، ރަސްގުއްލާ ކެއިތާ މާގިނަ އިރެއް ނުވަނީސް އޭނާ ކޮށި އަރައިގެން ނޭވާލާން އުނދަގޫވާން ފެށިކަން އޭނާ ކައިރީގައި ތިބި މީހުން މީޑިއާއަށް މައުލޫމާތު ދިނެވެ. އަދި އޭނާ ކައިރީގައި ހުރި މީހުން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތް ނާކާމިޔާބުވިކަން ވެސް އެ މީހުން މައުލޫމާތު ދިނެވެ.
16 Mar 2026
އަބޫދާބީގައި މިސައިލެއް ވެއްޓި ފަލަސްތީނު ރައްޔިތެއް މަރުވެއްޖެ
އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން އެކްސްގައި ކުރި ޕޯސްޓްއެއްގައި ބުނީ ކަމާބެހޭ ފަރާތްތަކުން އަލް ބާޚިއާ ސަރަހައްދަ މިސައިލެއް ވެއްޓި ކާރެއް އޭގައި ދަށުވުމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި، އަދި ވަނީ ރަސްމީ މަސްދަރުތަކުން މައުލޫމާތު ހޯދުމަށް އިލްތިމާސް ކޮށްފައެވެ.
16 Mar 2026
އެމެރިކާއާއި ދެކޮޅަށް ސައުތު ކުޮރެއާގައި މުޒާހަރާކޮށްފި
މުޒާހަރާގެ ބައިވެރިން ގޮވާލީ ވީހާވެސް އަވަހަށް ސުލްހަ ގާއިމުކޮށް ހަނގުރާމަ ހުއްޓާލުމަށާއި އަދި ސައުތު ކުރެއާއިން އެމެެރިކާއަށް މެދުއިރުމަތީގެ ހަނގުރާމައިގައި އެއްވެސް އެހީތެރިކަމެއް ފޯރުނޮކޮށްދިނުމަށެވެ.
16 Mar 2026
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ސްރީލަންކާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން މަޝްވަރާކޮށްފި
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގައި، ސަޕްލައި ޗޭނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތްތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ނިޒާމު މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށްޓަކައި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ ޑިޖިޓަލް ކޯޑު ނިޒާމު އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. މީގެއިތުރުން، ތެޔޮ ސޭވް ކުރުމުގެ ގޮތުން، ސަރުކާރާއި އަމިއްލަ އިދާރާތަކުގެ މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ދިރާސަކޮށް ރިޕޯޓެއް ހުށެހެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.
16 Mar 2026
ކުޑަކުދިންތަކަކާ މެދު ފުލުހުން އަމަލުކުރި ގޮތުގެ ކަންބޮޑުވުންތަކަށް ފުލުހުން ޖަވާބުދީފި
ފުލުހުން ވިދާޅުވީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ލިބުމާ ގުޅިގެން އެ ސަރަަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންއަށް އެ ކުދިން ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
15 Mar 2026
މިހާރު މިފެންނަމުން މިދަނީ އޮމާނުން ތެޔޮ އެތެރެކުރަން ނިންމި ނިންމުމުގެ ފައިދާ؛ އަމްރު
މިހާރު ފެންނަމުން މިދަނީ އޮމާނުން ތެޔޮ އެތެރެކުރަން ނިންމި ނިންމުމުގެ ރަނގަޅު ނަތީޖާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކެޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
15 Mar 2026
ސްވިޓްޒަރލޭންޑް އިން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބުނީ ނޫނެކޭ
މިއަދު ސްވިޓްޒަރލޭންޑްގެ ސަރުކާރުން ކުރި އިއުލާނެއްގައި ވިދާޅުވީ އެމެރިކާއިން ވަނީ އެ ޤައުމުގެ ވައިގެ ސަރަހައްދު ދިރާސީ ބޭނުމައްޓަކައި ބޭނުން ކުރުމަށް އެދިފައެވެ. ނަމަވެސް، ސްވިޓްޒަރލޭނޑްގެ އިން ވަކި ކޮޅެއް ހަނގުރާމަަތަކުގައި ނުނެގުމުގެ އުސޫލުގެ މަތިން ވަނީ އެެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން މަނާ ކޮށްފައެވެ.
15 Mar 2026
ހޫނުމިން މަތިވާތީ ސަމާލުވާން އެދިއްޖެ
ސަމާލްވޭ. ހޫނުގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި ކުޑަ ކުދިންނަށް ކުރާ އަސަރު ބޮޑުވާނެތީވެ އެޗްޕީއޭއިން އަންގަނީ ސަމާލްވުމަށް