މިފްކޯ މަސްފިހާރަ؛ ފޮޓޯ / ކޯޕަރޭޓް މޯލްޑިވްސް
ހަބަރު
06 Apr 2026 | 10:02
ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅެއް؛ މިފްކޯގެ ރަސްމީ ވަގުތު ކުރުކޮށްފި

މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ޚަރަދު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ އިދާރީ މަސައްކަތު ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މި ބަދަލާއެކު ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ބުނި ގޮތުގައި، މިހާރު ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮންނަ ރަސްމީ ގަޑި، މާދަމާއިން ފެށިގެން މެންދުރުފަހު 2:00 އަށް ވަނީ ކުރުކޮށްފައެވެ. މި ބަދަލަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުންފުންޏަށް ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެކެވެ.

މަސައްކަތު ގަޑިތަކަށް ބަދަލު އައި ނަމަވެސް، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެއެވެ. ޚާއްސަކޮށް، މިފްކޯގެ ފިހާރަތަކުން އާންމުންނަށް ދެމުންދާ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، މެންދުރުފަހު 2:00 ގެ ފަހުން އޮފީސް ހުޅުވޭނީ ހަމައެކަނި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް، ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އިތުރުގަޑީގައި މުވައްޒަފުން ނެރެން ޖެހޭނީ ލިޔުމުން ހުއްދަ ހޯދައިގެން ކަމަށްވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ތެލާއި ކަރަންޓަށް ހިނގާ ޚަރަދު ކުޑަކުރުން ހިމެނެއެވެ. މިގޮތުން، އެއާކޮންޑިޝަނާއި ލައިޓް ފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަށް މުވައްޒަފުންނަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ހެޑް އޮފީހުގެ ހުއްދަ ނެތި ނުކުރުމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ވަސީލަތްތައް ހުރި މުވައްޒަފުން އެ މަގުން އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.