ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ 4 ވަނަ "އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތް" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫއެސްޔޫ އަދި ވޮއިސް ސްޕޯޓްސްއާ ދެމެދު މިހާރު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މުބާރާތުގެ ގުރުނެގުން..
މިއީ ކޮންމެ އަހަރަކުވެސް ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ސިލްސިލާކޮށް ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.
މީޑިއާ ޕާޓްނަރ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
އެމްއެންޔޫއެސްޔޫއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމެވެ. މީގެއިތުރުން، ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ބެޑްމިންޓަން ކުޅުމަށް ޝައުޤުވެރިވާ ހުނަރުވެރި ދަރިވަރުންނަށް އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި މުބާރާތުގެ މުހިންމު ބޭނުމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists