އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ބޭއްވި ސެޝަން- ފޮޓޯ/ އުރީދޫ
ވިޔަފާރި
23 Sep 2026 | 13:28
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.

އުރީދޫއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު އެއް ބައެއްގެ ގޮތުގައި ބައިވެރިންނަށް އާންމުކޮށް ހިންގާ ތަފާތު ބާވަތްތަކުގެ ސްކޭމްތައް ތަޢާރަފުކޮށްދިން ކަމަށެވެ. އޭގެ ތެރޭގައި މަކަރުވެރި ކޯލްތަކާއި މެސެޖުތައް ފިޝިން ލިންކުތައް އެހެން މީހެއް ކަމަށް ހެދިގެން އޮޅުވައިލުން އަދި މާލީ ނުވަތަ ޒާތީ މަޢުލޫމާތު ހޯދުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.

ޕާސްވޯޑާއި އޯޓީޕީއާއި ބޭންކިން މަޢުލޫމާތު ފަދަ ސިއްރު ތަފުސީލުތައް ހިމާޔަތްކުރާނެ ގޮތާއި ޝައްކުކުރެވޭ މުޢާމަލާތެއް ފާހަގަވެއްޖެ ނަމަ ޢަމަލުކުރާނެ ގޮތްތައް ވެސް ސެޝަނުގައި ބައިވެރިންނަށް ކިޔައިދީފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ މަންދޫބުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެ ޝައްކުކުރެވޭ ޙަރަކާތްތައް ދެނެގަންނާނެ ގޮތުގެ ޢަމަލީ އިރުޝާދު ދީފައިވެއެވެ. ހަމައެއާ އެކު ސްމާޓްފޯނާއި ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ދައްކައިދީ ބައިވެރިންނަށް ސުވާލުކޮށް ޢަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ވެސް ފަހިކޮށްދީފައިވެއެވެ.

އުރީދޫއިން ބުނީ 2018 ވަނަ އަހަރުން ފެށިގެން އިސްރަށްވެހިންގެ ނާދީއާ ގުޅިގެން ދޮށީ ޢުމުރުގެ މީހުންނަށް އަމާޒުކޮށް ތަފާތު ޙަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ. މި ފަހުގެ ޕްރޮގްރާމަކީ އެ ގުޅުމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ހޭލުންތެރިކަން ފުޅާކޮށް ޓެކްނޮލޮޖީގެ ފައިދާ ރައްކާތެރިކަމާ އެކު ހުރިހާ އެންމެންނަށް ލިބޭނެ މާޙައުލެއް ބިނާކުރުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.