ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް-
ހަބަރު
23 Sep 2026 | 12:53
ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ކުރި އިއުލާނެއްގައި ބުނީ، މި މަޝްރޫޢަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ - އައިސީބީ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ އިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުގެ ދަށުން GC01 ގެ ގްރޭޑް 1، 2، 3، 4، 5، 6 ނުވަތަ 7 ގައި ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަދި ހައުސިންގ މިނިސްޓްރީގެ "ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކޮންޓްރެކްޓާސް ރެގިއުލޭޝަން" އަށް ފެތޭ ފަރާތްތަކަށް ވާންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 20 އޮކްޓޫބަރު 2026 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ރަޖިސްޓްރީވާން ޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި އަނބުރާ ނުލިބޭ 1،500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު "ބަނޑޭރި ޕޭ" މެދުވެރިކޮށް ދައްކަންޖެހޭނެއެވެ. އަދި ފައިސާ ދެއްކި ރަސީދާއި ބީލަންވެރިޔާގެ ތަފްސީލުތައް ފިނޭންސްގެ އީމެއިލަށް ފޮނުވަން ޖެހެއެވެ.

މި މަޝްރޫޢުގެ ބީލަން ފޮތާއި އެހެނިހެން ލިޔެކިޔުންތައް 24 ސެޕްޓެމްބަރު 2026 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން (www.finance.gov.mv) ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންލައިންކޮށް އޮންނާނީ 7 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ބީލަން ހުށަހަޅަންޖެހެނީ "ބީލަން ޕޯޓަލް" (https://beelan.finance.gov.mv/) މެދުވެރިކޮށެވެ. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2026 ގެ ހެނދުނު 11:00 ގައެވެ. މި ބީލަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 864,000 (އަށްލައްކަ ފަސްދޮޅަސް ހަތަރުހާސް) ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ބީލަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް، ބީލަން ހުށަހެޅުމުގެ ސުންގަޑީގެ މަދުވެގެން ރަސްމީ 3 ދުވަސް ކުރިން "ބީލަން ޕޯޓަލް" ގައި ރަޖިސްޓްރޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ. މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ފޯނު ނަންބަރުތަކުންނާއި [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.