ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް- ފޮޓޯ/ ވާދޫ ލައިވް
ހަބަރު
23 Sep 2026 | 14:04
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް

ކުށް މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.

ވާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ހަރުދަނާ ޖީލެއް ބިނާކުރުމަށް މަދަރުސީ ދައުރުގައި ކުދިންނަށް ދެވޭ ތަރުބިއްޔަތަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ނަމަވެސް، އެ ރަށުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ ނޭދެވޭ އަމަލުތަކެއް ފެންނަމުންދާތީ، އެކަންކަން ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ކައުންސިލުން ވަނީ މުހިންމު އުސޫލުތަކަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި:

1) ބެލެނިވެރިޔަކާއި ނުލައި ރޭގަނޑު 9:00 ގެ ފަހުން ބޭރުގައި ނޫޅުން.

2) އިރުއޮއްސުމަށްފަހު މައިޒާންތަކާއި، ޕާކުތައް، އަދި އިޖުތިމާއީ ގޮތުން ތަރައްގީކޮށްފައިވާ ބީޗުތައް ބޭނުން ނުކުރުން.

3) އިރުއޮއްސުމަށްފަހު ކުޅިވަރު ކުޅޭ އެއްވެސް ތަނެއް ބޭނުން ނުކުރުމާއި، ނަމާދު ވަގުތުތަކުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުހިންގުން.

4) ބެލެނިވެރިޔަކާއި ނުލައި ކަނޑުތޮއްޓަށް ނޭރުމާއި، ރަށުން ބޭރަށް ދަތުރު ނުކުރުން.

5) އުޖޫރައެއް ހޯދުމަށް ނުވަތަ އެނޫންވެސް ބޭނުމެއްގައި އުމުރާއި ނުގުޅޭ އެއްވެސް މަސައްކަތެއް ނުކުރުން.

6) ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ދުންފަތް ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވުން ހިމެނެއެވެ.

ވާދޫ ކައުންސިލުން އިތުރަށް ބުނީ، މި އުސޫލުތަކާއި ޚިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި، އެފަދަ ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ދަރިވަރުންގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަމުން، މިފަދަ ކަންކަމުގައި ދަރިންގެ ކަންކަމަށް އިތުރަށް ފަރުވާތެރިވެ، ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.