އުރީދޫ
13 Aug 2026
މާސްޓަރކާޑުން ފައިސާ ދައްކައިގެން މެލޭޝިއާ ޓިކެޓު ހޯދުމުގެ ފުރުޞަތު
އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައި، ސުޕަރއެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާ އިން މަތީގެ މުޢާމަލާތެއް ހިންގާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
10 Aug 2026
އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ
ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ބޭނުންކުރެވޭނެއެވެ. އަދި މި ޚިދުމަތުގެ ފީ ސީދާ އުރީދޫ ބިލަށް އިތުރުކުރެވޭނެއެވެ.
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.