-
ވިޔަފާރި
13 Aug 2026 | 11:07
މާސްޓަރކާޑުން ފައިސާ ދައްކައިގެން މެލޭޝިއާ ޓިކެޓު ހޯދުމުގެ ފުރުޞަތު އުރީދޫއިން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

"މާސްޓަރކާޑު ގިވްއަވޭ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ހިނގާނީ 1 އޮގަސްޓުން ފެށިގެން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މިކަމުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް މާސްޓަރކާޑުން 400 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްގެ މުޢާމަލާތެއް ހިންގާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ. ޓޫރިސްޓު ޕްލޭންތަކާއި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މީގެ ތެރޭގައި ނުހިމެނެއެވެ.

ގުރުއަތުގައި ބައިވެރިވެވޭ ފުރުޞަތުތައް ބިނާވެފައި އޮންނާނީ ފައިސާ ދެއްކި ގޮތެއްގެ މައްޗަށެވެ. އެ ކުންފުނިން ބުނީ މާސްޓަރކާޑުން އެއް ފަހަރު ފައިސާ ދައްކައިފި ނަމަ ގުރުއަތުގެ އެއް ފުރުޞަތު ލިބޭ ކަމަށެވެ. ސޭވްކޮށްފައިވާ ކާޑެއް ބޭނުންކޮށްފި ނަމަ ދެ ފުރުޞަތު ލިބެއެވެ. އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކަށް ފަސް ފުރުޞަތު ލިބޭނެ ކަމަށް ވެސް އުރީދޫއިން ހާމަކޮށްފައިވެއެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ގިނަ މުޢާމަލާތްތައް ހިންގައިގެން ފުރުޞަތުތައް އިތުރުކުރެވޭނެއެވެ.

އޮޓޯޕޭ ފީޗާ ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކޮށް ކަނޑައެޅި ތާރީޚެއްގައި އޮޓޮމެޓިކުން ފައިސާ ދެއްކޭ ގޮތް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ޚިދުމަތާ ގުޅޭ އެހީ ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މަޢުލޫމާތު ހޯދެން ހުންނާނެއެވެ.

ޕްރޮމޯޝަން ނިމުމުން ޝަރުޠު ހަމަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންގެ މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭނެއެވެ. ގުރުއަތު ނެގޭ ވަގުތު ނަސީބުވެރިޔާގެ ޚިދުމަތް މެދުކެނޑިފައި ނެތުމާއި ދައްކަން ޖެހޭ ފައިސާ ނުދައްކާ ނެތުން ލާޒިމުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.