އުރީދޫ އިމާރާތުގެ ނަންބޯޑު.. ފޮޓޯ: ވޮއިސް
ވިޔަފާރި
12 Aug 2026 | 16:37
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ

އުރީދޫ ނޭޝަންގެ ޓައިޓަލް ސްޕޮންސާޝިޕާ އެކު ބާއްވާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސް މާލޭ ޔޫތު ހަބުގައި އޮގަސްޓް 14 އަދި 15 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ޓެންސެންޓް ގޭމްސްއިން އިންތިޒާމުކުރާ މި މުބާރާތުގައި ރާއްޖޭގެ އެންމެ ކުޅަދާނަ 16 ޓީމު ބައިވެރިވާނެއެވެ. ފައިނަލް ބުރާ ހަމައަށް ދާން ޓީމުތައް ކޮލިފައިވީ އިން-ގޭމް ކޮލިފަޔާ މެޗުތަކުންނެވެ. އެ މެޗުތަކުގައި ގިނަ ޓީމުތަކެއް ވާދަކޮށް ގަދަ 32 ޓީމު ހޮވައި 16 ޓީމުގެ ދެ ގްރޫޕަކަށް ބެހުނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި އަށް ޓީމަށް ފައިނަލް ބުރުން ވަނީ ޖާގަ ލިބިފައެވެ.

ދެ ދުވަހުގެ މައްޗަށް ބެހިގެންދާ ފައިނަލް ބުރުގައި ކޮންމެ ދުވަހަކު ފަސް މެޗު ޖުމްލަ 10 މެޗު ކުޅޭނެއެވެ. އެ މެޗުތައް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ހުރިހާ މެޗެއް ނިމުމުން ރާއްޖެ ތަމްސީލުކުރާ ގަދަ ތިން ޓީމު ކަނޑައެޅޭނެއެވެ. ސަޕޯޓަރުންނަށް ޔޫތު ހަބަށް ގޮސް މެޗުތައް ވަގުތުން ބެލުމުގެ ފުރުޞަތު ހުޅުވައިލައިފައިވާ އިރު އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން އޮންލައިންކޮށް ވެސް ލައިވް ބެލޭނެއެވެ.

ފައިނަލުން ހޮވޭ ތިން ޓީމު ދެން ވާދަކުރާނީ ޕީއެމްއެންސީ ސައުތު އޭޝިއާ ރީޖަނަލް ލީގު ސްޓޭޖުގައެވެ. އެ ސްޓޭޖުގައި ސަރަޙައްދުގެ 24 ޓީމުގެ ތެރެއިން ގަދަ 16 ހޮވާނެއެވެ. އެއަށްފަހު އެ 16 ޓީމު ޕީއެމްއެންސީ ސައުތު އޭޝިއާ ގްރޭންޑް ފައިނަލްސްގައި ކުޅޭނެއެވެ. ގްރޭންޑް ފައިނަލުން އެންމެ މޮޅު ތިން ޓީމަށް ޕަބްޖީ މޮބައިލް ގްލޯބަލް އޯޕަން (ޕީއެމްޖީއޯ) އިން ޖާގަ ކަށަވަރުވާނެއެވެ.

ރާއްޖޭގައި ވާދަވެރި ގޭމިން ކުރިއަރަމުން އަންނަ އިރު އުރީދޫ ނޭޝަނުން މި ސްޕޮންސާޝިޕް މެދުވެރިކޮށް ދިވެހި އީ-ސްޕޯޓްސް ކުޅުންތެރިންނަށް ޤައުމީ ފެންވަރުން ފެށިގެން ދުނިޔޭގެ ފެންވަރާ ހަމައަށް ވާސިލުވެވޭނެ ރަސްމީ މަގެއް ފަހިކޮށްދެމުން ގެންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.