އުރީދޫ ޕްރޮމޯޝަން އެޑް
ހަބަރު
25 Jul 2026 | 17:19
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ޚާއްޞަ އެތައް އޮފާއެއް މިއަދު އިއުލާނުކޮށްފިއެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި އޮފާ ކުރިއަށް ގެންދާނީ 25 އިން 31 ޖުލައި 2026 އަށެވެ.

ހަމައެހެންމެ އެ މުއްދަތުގެ ތެރޭގައި މިނިވަން 61 ޕެކް ގާތް ފަރާތްތަކަށް ހަދިޔާކުރެވޭ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އިން ހަވީރު 16:00 އަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލް ކުރެވޭނެ ކަމަށާއި ހިލޭ އެސް.އެމް.އެސް ވެސް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

އުރީދޫން ބުނީ "މިނިވަންދުވަސް ފާހަގަކުރާއިރު ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި އުފާވެރިކަން ޙިއްޞާކުރުމާއި ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ" ކަމަށެވެ.

މި ހުރިހާ އޮފާއެއް ވެސް ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ

ކޮމެންޓް
މުހައްމާ
ވަރަށް ބޮޑު އޮފާއެއް ތީ، 61ޖީބީ އެންމެ 24 ގަޑިއިރަށް. ބަޔަކައް ދެވޭނެ އެންމެ ބޮޑު އިދާރީ. 24 ގަޑި އިރު ތެރޭ މިއުޅެނީ 20 ޖީބީ ބޭނުން ނުކުރެވިގެން. އުޅޭ އެ 24 ގަޑިއިރު ތެރޭގައި ފޯނު އެކަނި ބަލަމާ. އެހެންކަމެއް ނުކޮށް. ހީހީ
25 Jul 2026
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.