ވިޔަފާރި
10 Aug 2026 | 13:14
އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޢުލާނުކުރި ގޮތަށް، އޯރިޑޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ބޭނުންކުރެވޭނެއެވެ. އަދި މި ޚިދުމަތުގެ ފީ ސީދާ އުރީދޫ ބިލަށް އިތުރުކުރެވޭނެއެވެ.

އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސްޕޭމް އަދި ނޭދެވޭ ކޯލްތައް މުޖުތަމައުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޓްރޫކޯލާ ޕްރީމިއަމްގެ އެޑްވާންސް ފީޗަރތަކުގެ އެހީގައި ކަސްޓަމަރުންނަށް އެފަދަ ކޯލްތަކާއި މެސެޖުތައް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެއެވެ.

އެ ފީޗަރތަކުގެ ތެރޭގައި:

· އެޑްވާންސްޑް ސްޕޭމް އެންޑް ސްކޭމް ޕްރޮޓެކްޝަން - އޮޅުވާލައިގެން ކުރާ ކޯލްތަކާއި އުނދަގޫކުރާ ކޯލްތަކާއި އެސްއެމްއެސްތައް ރިއަލް-ޓައިމްގައި ބްލޮކްކުރުން.

· ހޫ ވިއުޑް މައި ޕްރޮފައިލް - ޓްރޫކޯލާ ޕްރޮފައިލް ބެލި ފަރާތްތައް ދެނެގަތުން.

· އިންކޮގްނިޓޯ މޯޑް - އެހެން މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ޕްރޮފައިލްތައް ބެލުން.

· ކޮންޓެކްޓް ރިކުއެސްޓްސް - ޓްރޫކޯލާ ބޭނުންކުރާ އެހެން ފަރާތްތަކުގެ ކޮންޓެކްޓް މަޢުލޫމާތަށް އެދުން.

· އެޑް-ފްރީ އެކްސްޕީރިއަންސް – އިސްތިހާރާއި ނުލާ އެޕްލިކޭޝަން ބޭނުންކުރުން.

· ޕްރީމިއަމް ބެޖް - ކަށަވަރުކުރެވިފައިވާ ޕްރީމިއަމް ޕްރޮފައިލަކާއެކު ޚާއްސަ ބެޖެއް ލިބުން.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި، ހަމަޖެހުން ގެނެސްދޭ ފީޗަރުތަކާއެކު ޓްރޫކޯލާގެ ޕްރީމިއަމް ތަޖުރިބާ ފޯރުކޮށްދެވޭތީ އަޅުގަނޑުމެން އުފާކުރަން. މި އެއްބަސްވުން ރަމްޒުކޮށްދެނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ރައްކާތެރި، ވިސްނުންތެރި އަދި ފަސޭހަކޮށްދޭނެ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝާދީ ޤަވާސްމީ ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސްއާއެކު ބައިވެރިވެ، ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އުފަލެއް. ދެ ކުންފުނި ގުޅިގެން، އިތުބާރުހުރި ގޮތެއްގައި ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް އަދި އޮޅުވާލައިގެން ކުރާ ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދީ، މީހުންގެ މުއާމަލާތްތައް އިތުރު އިތުބާރާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދެވޭނެ،" ޓްރޫކޯލާގެ ވައިސް ޕްރެޒިޑެންޓް ޕްރީމިއަމް ޕްރޮޑަކްޓްސް ޒޭވިއާ ޓްރޫވޭ ވިދާޅުވިއެވެ.

ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް އުރީދޫ ކަސްޓަމަރުންނަށް ޚާއްސަކޮށް، އޯރިޑޫ އެޕްގެ 'ހޮޅުއަށި' މެދުވެރިކޮށް މަހަކު 150 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޚިދުމަތުގެ ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށް އިތުރުކުރެވޭއިރު، ޕްރީޕެއިޑް ކްރެޑިޓުން ސީދާ އުނިކުރެވޭނެއެވެ.

މި ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި، އުރީދޫ އެޕް ހުޅުވާލުމަށްފަހު 'ހޮޅުއަށި' ސެކްޝަނަށް ގޮސް 'ޓްރޫކޯލާ ޕްރީމިއަމް' އިޚްތިޔާރު ކުރެވޭނެއެވެ. ނުވަތަ ore.do/truecaller ލިންކަށް ޒިޔާރަތްކޮށްގެންވެސް ސަބްސްކްރައިބް ކުރެވޭނެއެވެ.

ޓްރޫކޯލާއާއެކު، އުރީދޫ މޯލްޑިވްސްއިން 'ހޮޅުއަށި' ފުޅާކޮށް، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި އީޖާދީ އަދި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތަކެއް މެދުވެރިކޮށް 'ޑިޖިޓަލް މޯލްޑިވްސް' އެއް ބިނާކުރުމަށް އެ ކުންފުނިން ގެންގުޅޭ ތަޞައްވުރަށްވެސް ބާރު ލިބިގެންދާނެ ކަމަށް ކުންޏެވެ.

ކޮމެންޓް
ާ އހމދ
މާ ކުޑަ ޢަދި ކުޑަތަންކޮޅެއް ބޮޑުކޮއްލަން ފެނޭ
10 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.