ވަޒީރު ހަސަން ޒަރީރު-
ހަބަރު
22 Sep 2026 | 11:24
އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ؛ ޚަރަދުކުރާނީ އެކުންފުނިން: ޒަރީރު

ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ އީގަލް ހިލްސްއާއެކު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ތާރީހީ އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ޒަމާނީ ފެންވަރުގެ ވޯޓަރފްރަންޓަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއެއް ތަރައްގީކުރުމުގެ އިތުރުން 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި މަޝްރޫއަކީ ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށް، އެ ކުންފުނީގެ އަމިއްލަ ފައިނޭންސިންގްގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ ފުރަތަމަ ކޮމިޓްމަންޓެއްގެ ގޮތުގައި 500 މިލިއަން އެމެރިކާ ޑޮލަރު ހައުސިން ތަރައްގީއަށް އިންވެސްޓްކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖެ މާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އިނީޝަލް ކޮމިޓްމަންޓެއްގެ ގޮތުގައި 500 މިލިއަން ޑޮލަރު އެބޭފުޅުން އަޅުގަނޑުމެންގެ ރާއްޖޭގެ ހައުސިން ޑިވެލޮޕްމަންޓަށް، އެގޮތުން 5،000 ހައުސިން ޔުނިޓް ހުޅުމާލޭގައި ޑިވެލޮޕް ކުރުމަށް، އަޅުގަނޑުމެންގެ އެއްވެސް ފައިނޭންސިން ކޮމިޓްމަންޓެއް ނެތި ފަސް ހާސް ޔުނިޓް، އެކި އެކި ފެންވަރުގެ ފަސް ހާސް ޔުނިޓް ދިވެހި ރައްޔިތުންނަށްޓަކައި މި ޕްރޮޖެކްޓުގެ ފެށުމެއްގެ ގޮތުގައި ޑިވެލޮޕް ކޮށްދޭނެ،" މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއު ރަސްމީކޮށް ރާއްޖޭގައި ލޯންޗުކުރެވިގެންދާނެ ކަމަށެވެ. އަދި މި ރަސްމިއްޔާތު ކުރިއަށްދާނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކަމަށާއި، މި މަޝްރޫއާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓް ފުރަތަމަ ލޯންޗް ކުރެވިގެން ދާއިރު ފުރަތަމަ ދެއްވާ ކޮމިޓްމަންޓެއްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ 5،000 ހައުސިން ޔުނިޓް ޑިވެލޮޕް ކޮށްދެއްވާނެ އެބޭފުޅުންގެ ފައިނޭންސިންގައި. އެކަން އަޅުގަނޑުމެންނަށް ފެށޭނެ ކަމަށް ގަބޫލުކުރެވެނީ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި،" ޒަރީރު ވިދާޅުވިއެވެ.

އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ފެންނަން ހުރި ބޮޑެތި އިންފްރާސްޓްރަކްޗާ އަދި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގާފައިވާ އިތުބާރު އޮތް ކުންފުންޏެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ބިން ވިއްކާލުން ފަދަ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.