23 Aug 2026
ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ފްލެޓުތައް 2028ގެ އޮގަސްޓުގައި ހަވާލުކުރަން ފެށޭނެ:
ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތައް ދެނެގަނެ، އަންނަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ދާއިމީ ލިސްޓް އިއުލާން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.