ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުތަކުގެ އަމަަލީ މަސައްކަތް ފެށުމުގެ ތެރެއިން.. ފޮޓޯ: ބީއެމްއެލް
15 Jul 2026 | 21:39
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، އެ ބޭންކުން ކުރިއަށްގެންދާ 4،000 އެޕާޓްމަންޓްގެ ޔަގީންކަން

ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫޢު ތަކަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިއަށްގެންދާ ވަރަށް އުއްމީދީ މަޝްރޫޢުއަކަށް ވެގެންދާނޭކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބީއެމްއެލުން ބޭއްވި ހަފްލާއެއްގައި ސީއީއޯ ޝަރީފް ވަނީ އެ ބޭންކުން ކުރިއަށްގެންދާ ހައުސިން މަޝްރޫޢު އާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ. އެގޮތުން އެއީ ބޯހިޔާވަހިކަން ލިބޭ 4،000 އާއިލާ ކަމަށާއި، އެ ޔުނިޓްތައް ވުޖޫދަށް އަންނާނޭކަމުގެ ޔަގީންކަން ޝަރީފް ދެއްވިއެވެ.

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މިއަދު ދިވެހިންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓަށް ބީއެމްއެލުން އިންވެސްޓް ކުރުމުން އެކަމަށް ފާޑުކިޔާނަމަ ކޮންމެ ދުވަހަކު ވެސް އެ ފާޑުކިޔުންތައް ފަޚުރުވެރިކަމާ އެކު ބަލައިގަންނަކަމަށެވެ.

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ރަށްރަށުގަޔާއި މާލެ ސަރަހައްދުގައި ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލްކޮށްފައެވެ. މީގެ ތެރެއިން ބައެއް ސައިޓްތަކުގައި މިހާރުވެސް މަސައްކަތް ވަނީ ފަށާފައެވެ. 

މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އަމިން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއެވެ. ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންނެވެ.

ބީއެމްއެލުން ބުނީ މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް އެކެއް، ފޭއް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް ކުލިދައްކައި ހަލާސްކުރުމުން މިލްކުވާގޮތަށް ނިސްބަތުން ކުޑަ ކުއްޔަކަށް ދޫކުރާނޭކަމަށެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢު ތަކެއްކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.