ވިއްކި ބިން ކަމަށް ބުނާ ޕޯސްޓްގައި ބިން އޮތް ތަން ދައްކައިދޭ ފޮޓޯ...
ހަބަރު
09 Sep 2026 | 08:56
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް: މުއްތަލިބް

ހައުސިން މިނިސްޓްރީ ތެރެއިން ނުއަގުގައި ބިމެއް ވިއްކިކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމެއްގެ ހަޤީގަތް ހައުސިން މިނިސްޓަރު  ޑރ. އަބްދުﷲ މުއްތަލިބް ސާފް ކޮށްދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ލިޔުމުގައި ވާގޮތުން ހުޅުމާލެއިން ވިއްކި 1,250 އަކަފޫޓުގެ އެ ބިމަށް ޖެހިފައިވަނީ އަކަފޫޓަކަށް 375 ރުފިޔާއެވެ. ބިން ވިއްކި އަގެއްކަމަށް ވަނީ 468,750 ދިވެހި ރުފިޔާއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވިދާޅުވެފައިވަނީ ފައިސާގެ މުއާމަލާތެއް ހަމަޖެއްސުމަށް ފޮނުވި އެ މެމޯ ހަޤީޤަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަމަށެވެ. މިނިސްތަރު ވިދާޅުވީ އެ ލިޔުމުގައި ބުނާ ބިމަކީ އިންސާފް ނުލިބި 23 އަހަރުވީ މައްސަލައެއްގެ ލިޔުމެއް ކަމަށެވެ.

ހަގީގަތް ނުބަލައި އެ ލިޔުން ދައުރުކުރުމުގެ ސަބަބުން އިންސާފު ހޯދުމަށް 23 އަހަރު ވަންދެން މަސައްކަތް ކުރަމުންދިޔަ އުމުރުން ދުވަސްވީ އެ ފަރާތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން މިނިސްޓްރުގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރުގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.