ހައުސިން މިނިސްޓްރީ އިމާރާތުެގ އަލިފާނުގެ ހާދިސާގެ ތެރެއިން
ހަބަރު
24 Sep 2026 | 14:03
ހައުސިން މިނިސްޓްރީ އަލިފާނުގެ ހާދިސާ: އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި

ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދައުލަތުގެ މުހިންމު ތިން އިދާރާއެއް އަނދައި އަޅިއަށް ވެގެން ދިޔައިރު، އޭގެ ތެރެއިން އިންޝުއަރަންސް ކޮށްފައިވަނީ ހަމައެކަނި ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

މި ހާދިސާގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އަލިފާން ރޯވި ސަރަހައްދުގައި ހުރި ސަރުކާރުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައި އޮތީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ހިންގި އިމާރާތް އެކަނި ކަމަށެވެ. މި ހާދިސާގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހިންގި އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަދި އެންވަޔަރަންމަންޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައް ހިންގި އިމާރާތުން ބައެއް ތަކެތި ސަލާމަތް ކުރެވުނު ނަމަވެސް، އެ އިމާރާތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެއިތުރުން، އަލިފާނުގެ ހޫނުގަދަވުމުގެ ސަބަބުން ކައިރީގައި ހުރި 3 ގެއަކާއި، 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވި މި މައްސަލައިގެ ތަހުގީގަށް 776 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖާއި ފުލުހުންގެ ބޮޑީވޯން ކެމެރާތަކުގެ އިތުރުން އާންމުން ހިއްސާކުރި ވީޑިއޯތައް ވަނީ ދިރާސާކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއަށް ބަލާއިރު އަލިފާން ރޯވެފައިވަނީ ކަރަންޓް ދެ ނަރެއް ޝޯތްވުމުގެ ސަބަބުންކަން ވަނީ ތަހްގީގްތަކުން ހާމަވެފައެވެ. ތަހްގީގްތަކުން އެނގުނުގޮތުގައި ހައުސިން އިމާރާތުގެ ކަރަންޓް ވަޔަރުތައް އިންތިޒާމްކޮށް ބެލެހެއްޓިފައިވަނީ މިންގަނޑަށް ނޫންކަން ވަނީ ފާހަގަވެފައެވެ.

މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި އިންޑިއާގެ ހާއްސަ ތަހުގީގު ޓީމެއް ގެނެސް، އެ ފަރާތްތަކުން ސައިޓް ބަލައި ދިރާސާ ކުރަންދެން ސީން ރައްކާތެރިކަމާއެކު ބަލަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ ގޭބިސީތަކާއި އޮފީސްތަކުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް އަވަހަށް ހައްލުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
24 Sep 2026
ޗައިނާގެ އެކްސޫގެ ހަނަފަސް ސަހަރާ ފެހި ޖަންގައްޔަކަށް ބަދަލުކުރި ކެކެޔާ މަޝްރޫޢު
ޗައިނާގެ ޝިންޖިއާން ވީގޫރު އޮޓޯނޮމަސް ސަރަޙައްދުގެ އެކްސޫ ސިޓީގައި 1986 ވަނަ އަހަރު ފެށި ކެކެޔާ ގަސް އިންދުމުގެ މަޝްރޫޢުން ދުނިޔޭގެ އެންމެ ބޮޑު އެއް ސަހަރާ ކަމަށްވާ ޓެކްލަމަކާން ސަހަރާގެ އައްސޭރީގައި 13 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ހަނަފަސްކަން ހުއްޓުވުމަކީ ލާމަސީލު ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.