ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާއެޅުން -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Aug 2026 | 12:45
ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ފްލެޓުތައް 2028ގެ އޮގަސްޓުގައި ހަވާލުކުރަން ފެށޭނެ: ހައުސިން މިނިސްޓްރީ

ސަރުކާރުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިނާކުރާ ފްލެޓުތައް 2028 ވަނަ އަހަރުގެ އޮގަސްޓުގައި ޙައްޤުވެރީންނާ ހަވާލުކުރެވޭނެ ކަމަށް ހައުސިން ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް މުޙައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތައް ދެނެގަނެ، އަންނަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ދާއިމީ ލިސްޓް އިއުލާން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

”ތާވަލު އޮތް ގޮތުން ޑިސެމްބަރުގެ ކުރީކޮޅު އިވެލުއޭޝަން ނިންމާލެވިފައި، މެދުތެރޭގައި ދާއިމީ ލިސްޓް އިއުލާން ކުރެވޭނެ.“ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރު، ފްލެޓްތައް އަޅަން ނުފަށާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާ، ނަމަވެސް އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލްއާ ގުޅިގެން 4000 ފުލެޓް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާ އޭގެ ތެރެއިން 3460 މަޝްރޫޢުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން، އިމާރާތް ކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާ، ހުޅުމާލޭ ފޭސް 1 ގައި ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފޭސް 2 ގައިވެސް ޑިޒައިނިން މަސައްކަތް ނިންމައި އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މި ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އެ ޝެޑިއުލަށް އަޅުގަނޑުމެންނަށް އަދިވެސް އެޗީވްކުރެވޭނެ. އެއަށް އެއްވެސް ޝައްކެއް ނެތް" 

ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ގުޅީފަޅުގައި 4000 ޔުނިޓު ބިނާކުރުމުގެ މާލީ ޝަރުތުތަކާ ގުޅޭ އެންމެ ފަހު މަޝްވަރާތައް އެގްޒިމް ބޭންކާ އެކު ކުރިއަށް ދާ ކަމަށާއި އެ މަޝްރޫޢުވެސް މިއަހަރު ފެށޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަމަ އެއާއެކު މާލޭ ސަރަހައްދުގައި 5000 ޔުނިޓުގެ ވަކި މަޝްރޫޢެއް ހިންގުމުގެ އިދާރީ ތައްޔާރީތައް ކުރިއަށް ގޮސް މިއަހަރު ތެރޭގައި އެ މަޝްރޫޢުވެސް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހުރިހާ މަޝްރޫޢެއް ހިމެނޭ ގޮތުން މާލޭ ސަރަހައްދުގައި ޖުމުލަ 13000 ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.