ފުވައްމުލައްސިޓީ... ފޮޓޯ: އަޓާރާ
ހަބަރު
04 Mar 2026 | 14:33
ހައުސިން މަޝްރޫޢުއެއް ހިންގަން ފުވައްމުލައް ކައުންސިލުން ފުރަތަމަ ދިނީ ޗަކަބިމެއް: މުއްތަލިބް

ފުވައްމުލައް ސިޓީގައި ހައުސިން މަޝްރޫޢުއެއް ހިންގަން ބިމެއް ދޭން އެދުމުން ކައުންސިލުން އެންމެފުރަތަމަ ދިނީ ޗަކަބިމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއެވެ.

މިއަދު ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި ސަރުކާރުގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުން ދަތިކުރަމުންދާ މައްސަލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ހުށަހަޅާހިނދު ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ މައްސަލަ ފާހަގަވެފައިވާކަމަށެވެ.

މީގެ ތެރެއިން ކުރިމަތިވި އެއް މައްސަލައިގެ ވާހަކަ ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުސިޓީގައި ހައުސިން މަޝްރޫޢުއެއް ހިންގުމަށް ބިމެއް ކަނޑައަޅައިދިނުމަށް އެދުމުން އެންމެފުރަތަމަ ހަމަޖައްސައިދިނީ ޗަކަ ބިމެއް ކަމަށެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ބައެއް ރަށްތަކުގައި ކުރިއަށްގެންދިއުމަށް ނިންމި ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.

ފުވައްމުލަކުގައި ކައުންސިލުން ފުރަތަމަ ކަނޑައަޅައިދިނީ ޗަކަބިމެއް. އެޗަކަބިން އަޅުގަނޑުމެން އެތަނަށްގޮސް ކަމުނުދާ ބިމެއްކަން އެނގުނީމަ ދެން އަޅުގަނޑުމެން އެ ބިން ބަދަލުކުރުމަށްޓަކައި އެކިއެކި މަސައްކަތްކޮށް މާބޮޑަށް ލަސްވާތީވެ އެލްޖީއޭ މެދުވެރިކޮށް ނެގުމުގެ ވިސްނުމެއްވެސް ގެންގުޅުނިން. އެހެން ނަމަވެސް އިއްޔެ އެކަން ވަނީ ހަމަޖެހިފައި

މިނިސްޓަރު މުއްތަލިބް

މިނިސްޓަރު ވިދާޅުވީ އެގޮތަށް ހިންގުމަށް ނިންމި ބައެއް މަޝްރޫޢުތައް ބައެއް ކައުންސިލުން ބިން ހަމަޖައްސައިދިނުން ލަސްވެގެން ނުފެށި އެބަހުރިކަމަށެވެ. ބައެއް ފަހަރު އެ ޕްރޮޖެކްޓެއް ކުރިއަށްދާކަން އަންގައިދުނުމަށް ކައުންސިލުން މަސައްކަތް ކުރިނަމަވެސް ކަނޑައެޅިފައިވާ ގޮތަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ބައެއް މަޝްރޫޢުތައް ކުރިއަށްދާ ސްޕީޑް ލަސްވާކަންވެސް މިއަދު މިނިސްތަރު ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕެއިން ފެށިގެން ކުރިއަށްދާއިރު، ސަރުކާރުގެ އެންމެބޮޑަށް ފާަހަގަކުރާ އެއް މައްސަލައަކީ އިދިކޮޅު ކައުންސިލްތަކުން ސަރުކާރުގެ މަޝްރޫޢުތައް ހުއްޓުވާ މައްސަލަ އާއި އެއްބާރުލުން ނުދޭ މައްސަލައެވެ. އެހެންކަމުން މިހާތަނަށް ތަޖުރިބާއަށް ބަލައި ސަރުކާރާ އިދިކީލަ ކައުންސިލެއް ގޮވައިގެން ސްޕީޑްގައި މަސައްކަތް ކުރަން އުނދަގޫވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.