މީގެކުރިން ބޯހިޔާވަހިކަމަށް ދޫކުރި ޓަވަރެއް
ހަބަރު
22 Aug 2026 | 13:44
ބޯހިޔާވަހިކަމަށް ހުށަހެޅި ފަރާތްތަކަށް ސައްހަ ނޫން ފޯމްތައް އިސްލާހުކުރުމަށް ފުރުސަތެއް

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފޯމްތައް އިވެލިއުއޭޝަން މަރުހަަލާ ކުރިއަށްދާއިރު، ސައްހަނޫން ފޯމްތައް އިސްލާހްކޮށް އަލުން ހުށަހެޅުމަށް މުހުލަތެއް ދޭނޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ ބހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އެޕްލިކޭޝަން "ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން "މިނިސްޓްރީން ދަނީ ކުރަމުންދާކަމަށެވެ. ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު މަޢުލޫމާތުގެ ފުށުއެރުމެއްވާނަމަ ހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް، އެކަން އެޕްލިކަންޓަށް އަންގާއިރު ފޯމް އިސްލާހްކޮށް ހުށަހެޅުމަށް 7 ދުަވަހުގެ މުހުލަތެއް ދޭނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޕްލިކޭޝަންއާ، ގުޅިގެން އަންނަ ބަދަލުތައް ޕޯޓަލް މެދުވެރިކޮށް އަދި އެސް.އެމްއެސް މެދުވެރިކޮށް އަންގާއިރު، ފޯމްގައިވާ މައްސަލަތަކަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރާނީ ހަމައެކަނި ބްހިޔާވަހިކަން ޕޯޓަލް ކަމަށް މިނިސްޓްރީން ބުންޏެވެ.  

އަދުގެ ސަރުކާރުން ހުޅުވާލި ގޯއްޗާއި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ، ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ. 

ހައުސިން މިނިސްޓްރީން ބުނީ ‏"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.

ކޮމެންޓް
ޝަފީގު
މިހާ މިމުހިންމު ކަމަކަށް ރެޖިސްޓަރޑް ނަމްބަރަކުން އޮޓޮމޭޓަޑް ކޯލެއް އައުން ރަނގަޅުވާނީ.. އެހާ ބައިވަރު ސްކޭމް މެސެޖު އާދެ، އަދި ސްޕޭމް މެސެޖު ވެސް އާދެ. ދެން ޕޯޓަލް ރިފްރެޝް ކޮއްލަކޮއްލާވެސް ނުތިބެވޭނެތާ.
23 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.