ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --
ހަބަރު
20 Aug 2026 | 22:45
2028 ގައި މާލެ ސަރަހައްދުން ގިނަ ބަޔަކަށް ފްލެޓް ލިބޭނެ: ރައީސް

ދެހާސްއަށާވީސް ވަނަ އަހަރު މާލެ ސަރަހައްދުން ގިނަ ބަޔަކަށް ފްލެޓް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ބާއްވަވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލްވުންތަކުގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އެވެ. އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ދަތިވާ މައްސަލަ އަކީ ބޯހިޔާވަހިކަން ކަން އެނގިވަޑައިގަންނަވާ ކަމަށާ އެކަމަށް ހައްލު ހޯއްދަވައިދެއްވުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އަދި ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ރައްޔިތުންތަކަކަށް ފްލެޓް ލިބޭނެ ކަމަށެވެ.

"2028ގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފްލެޓް މި ސަރަހައްދުން [މާލެ ސަރަަހައްދުން] އިރާދަކުރެއްވިއްޔާ," ރައީސް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވީއިރު ވެސް އަދި ރާއްޖޭގެ އެެއްވެސް ތަނެއްގައި ބޯހިޔާވަހިކަމެއް ނެތްއިރު ފްލެޓަށް ޝަރުތު ހަމަނުވާތީ ބައެއް ރައްޔިތުން ކަންބޮޑުވުން ނުފާޅުކުރި އެވެ. އެހެން ދިމާވަނީ ފްލެޓް ކަނޑައަޅާއިރު ނުފޫޒު ވަންނާތީކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ފަހަރު އެފަދަ އެއްވެސް ނުފޫޒެއް ވަނަނުދޭނެ ކަމަށެވެ. އަދި އިންސާފުން ހަމަހަމަކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މި ފަހަރު ގޯސްތަކެއް ނުހަދާނެ. އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ވިޔަކަ ނުދޭނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ހައުސިން މަޝްރޫއުތައް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުން ކަމަށާ އެ މަޝްރޫއުތައް ނިމި ވަރަށް ގިނަ ބަޔަކަށް ފުރުސަތު ފަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

އަދި މި ފަހަރު ފްލެޓް ދޭއިރު ކުރީން ލިޔުން ލިބި ފްލެޓް އަތުލާފައި ތިބި މީހުންނަށް އިސްކަން ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގައިސް
ރަސްމާލެ ބިމަށް ލީ މީހުންނަށް އެއްވެސް ގޮތެއް ނެތީތޯ. ފްލެޓަށް ނުލާ ރަސްމާލެ ބިމަށް ލީ މީހުންގެ ވާހަކަ އެއްގޮތަކަށްވެސް ރައީސް ނުދައްކަވާ
21 Aug 2026
ޙިއަސު
ތި ބުނީ ވޯޓް ދޭށޭ. އޭރުންނޭ ވާނީ. މުޅިން ދޮގު. ފައިސާއެއް ނެތް. ދެން ކިހިނެއް ނިންމާނީ. 3 އަހަރު ވަނީ. ކުރެވުނު ކަމަކީ މާލޭގެ މަގަކާ ޖެޓީ އެއް އެޅުން.
21 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.