ހިޔާ ފުލެޓް
ހަބަރު
04 Mar 2026 | 14:50
ހިޔާ ފުލެޓްތައް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ

ހިޔާ ފުލެޓްތައް ކުއްޔަށް ދޫކުރުން ހުއްޓުވަން ގާނޫނަށް އިސްލާހް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ހައުސިން މަޝްރޫޢުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ހިޔާ ފުލެޓްތައް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. 

އަދި 4000 ފުލެޓް ދޫކޮށްފައި ވަނީ ރެންޓު ޓު އޯން މޮޑެލްގައި ކަމަށް ވުމުން އެ ފުލެޓްތައް ކުއްޔަށް ދޫކުރާ ނަމަ ފިޔަވަޅު އަޅަން ފަސޭހަ ވާނެ ކަމަށެވެ. އެހެނީ ގާނޫނީ ގޮތުންވެސް އެ ފުލެޓްތައް ކުއްޔަށް ދިނުން އޮތީ މަނާ ކޮށްފައި ކަމަށް ވިދާޅުވިއެވެ. 

އެހެން ނަމަވެސް ހިޔާ ފުލެޓާއި ދެން ހުރި ފުލެޓަތައް ކުއްޔަށްދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރަސްތަކެއް ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެތަންތަނަކީ ސޭލް ޕާޗޭސް އެގްރީމަންޓެއްގެ ދަށުން ދީފައިހުރި ތަންތަން. ދެން އޭގައި މި އިންނަނީ، ހިޔާ ފުލެޓް އެގްރީމަންޓްގައިވެސް މި އިންނަނީ، ގާނޫނުގައި ކަނޑައަޅާފައިވާ މަނާ ކަމެއް ނުކުރެވޭނެއޭ… މިހާރު އިން އެގްރީމަންޓްގައި ބަޔާންކޮށްފައެެއް ނެތް ކުއްޔަށް ނުދެވޭނެއޭ. ނަމަވެސް ސޯޝަލް ހައުސިން ސްކީމް ހިންގާ މަގުސަދާ އުސޫލުތަކާ ސިޔާސަތުތަކަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫން.  

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު

މީގެ އިތުރުން ހިޔާ ފުލެޓްތައް ކުއްޔަށް ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށާ، އެގޮތުން އެފަދަ ފަރާތްތަކަށް ނޯޓިސްދީ އެތަންތަނުގައި އެހެން މީހުންނަށް އުނދަގޫވާގޮތަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިވަގުތު ސަރުކާރުން ދެކަމެއް މި ކުރަނީ. އެއް ކަމަކީ، ހިޔާ ފުލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫ ވާކަހަލަ ކަންކަން ހުއްޓުވަނީ. ދެވަނަ ކަމަކަށް، ގާނޫނަށް ބަދަލު ގެނެސްގެން ކުއްޔަށް ދިނުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުން

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު

ކަންމިހެން ހުރި ނަމަވެސް، ޚާއްސަ ޙާލަތެއްގައި ސަރުކާރުގެ ހުއްދަ ލިބިގެން އެ ފުލެޓް ކުއްޔަށް ދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލަަކަށް، އެއް ކޮޓަރީގެ ނުވަތަ ދެ ކޮޓަރީގެ ފުލެޓެއް އޮތީ. ބޮޑު ފެމިލީއެއް އެތަނުގައި ނޫޅެވެނީ. އެ ހާލަތުގައި ސަރުކާރުން އެ ކުއްޔަށް ދިނުމަށް ހުއްދަދިނުން ކަހަލަ ކަންތައް ކުރެވިދާނެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު

އެ ނޫން ޙާލަތްތަކުގައި ކުއްޔަށް ދިނުމަކީ ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.